ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ބޮޓުން ކަމަށް ދޭހަވާގޮތަށް ވާހަކަ ނުދެއްކުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެދިވަޑައިގެންފިއެވެ.
މަޖިލިސް ރައީސް އެކަމަށް އެދިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ، އިޒްރޭލް ޕާސްޕޯޓު މަނާކުރުމާ ގުޅޭ ގަރާރުގެ ބަހުސްގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
އިޒްރޭލް ޕާސްޕޯޓު މަނާކުރުމުގެ ބިލްގެ މަސައްކަތް ކުރިއަށް ނުދަނީ، ސަރުކާރުން މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުވާތީކަން ފާހަގަކުރައްވައި، މީކާއިލް ވިދާޅުވީ މަޖިލީހުގެ ވަކިވަކި މެންބަރުން ކޮންޓްރޯލް ކޮށްގެން މަޖިލީހުގެ މުޅި އެޖެންޑާއަކީ ރައީސް އޮފީހުން ދޭ އެއްޗަކަށް ހެދުން ހުއްޓާލަންޖެހޭ ކަމަށެވެ.
މީކާއީލްގެ ވާހަކަތަކާ ގުޅިގެން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ ކަރާމާތް ގެއްލޭ ގޮތަށް ވާހަކަ ނުދެއްކެވުމަށް ދަންނަވާ ކަމަށެވެ.
މަޖިލީހުގެ މެންބަރުންނަކީ ބޮޓުން ކަމަށް ދޭހަވާ އިބާރާތުން ވާހަކަ ދެއްކުމަކީ މެންބަރުންގެ ގަދަރާއި އިއްޒަތަށް އުނިކަން އަންނާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު