އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ވައި ނުސާފު މިންގަނޑު 60 ގުނައަށް މަތިވެ އެސިޓީގެ ސްކޫލްތައް ބަންދުކޮށްފިއެވެ. މީގެ އިތުރުން ކޮންމެހެން ނިކުންނަން ޖެހިގެން މެނުވީ ބޭރުގައި ވެސް ނޫޅުމަށް ވަނީ އަންގައިފައެވެ.
ނިއުދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ނުސާފުވެފައިވާއިރު އޮފިޝަލުން ވަނީ މިހާރު ވައި ނުސާފުވެފައިވާ ނިސްބަތް ހުރީ ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ވަރަށްވުރެ 60 ގުނަ މަތީގައި ކަމަށް ބުނެފައެވެ.
ދިއްލީގައި ހަރުކޮށްފައިވާ މޮނިޓަރިން ސްޓޭޝަންތަކުގެ ރެކޯޓުތަކަށް ބަލާއިރު ނުރައްކާތެރި ލެވެލްގައި ބަލާ މިންގަނޑުކަމަށްވާ ''ޕީއެމް2.5 ޕޮލިއުޓަންޓު''ގެ ނިސްބަތް ހޯމަ ދުވަހު ހުރީ 921 މައިކްރޯ ގްރާމަށް މަތިވެފައެވެ. މިއީ ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ވަރަށްވުރެ 60 ގުނަ މަތި އަދަދެކެވެ. ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް މިނިސްބަތް އިތުރުވާނެ ކަމަށް ބެލެވޭކަމަށް އޮފިޝަލުން ބުނެއެވެ.
އޮފިޝަލުން ވަނީ ވައި ނުސާފު މިންވަރު ނުރައްކާ މިންވަރަކަށް މަތިވެފައިވާއިރު މިވައިގެ ސަބަބުން ކެންސަރަށް މަގުފަހިކުރާ ނުރައްކާތެރި މައިކްރޯޕާޓިކަލްއް ވައިގެ ތެރޭގައި ހުންނާނެ ކަމަށާއި ނޭވާލާ ނިޒާމުގެ ތެރެއިން ހަށިގަނޑަށް ވަންނާނެކަމުގެ ބިރުވެސް އޮތްކަމަށް ފާހަގަކޮށްފައެވެ.
ދިއްލީގެ ސަރުކާރުން ވަނީ ވައިގެ ނިސްބަތް ނުރައްކާވެފައިވުމާއެކު އެ ސިޓީގެ ސްކޫލުތައް ބަންދުކޮށް އޮންލައިކޮށް ގޭގައި ކިޔެވުމަށް އަންގާފައެވެ. އަދި މީގެ އިތުރުން އާންމުން ކޮންމެހެން ނިކުންނަށް ޖެހިގެން ނޫނީ ގެއިން ބޭރަށް ނުނިކުތުމަށް ވަނީ އަންގާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ