ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ އައްޑޫ ސިޓީ، ހިތަދޫއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން މިއަދު ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރެއިގައި ހިތަދޫއަށް 110.6 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ. ދެން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ އައްޑޫގެ ގަމަށް ކަމަށާއި އެ ރަށަށް 106.5 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް މެޓް އޮފީހުން ބުންޏެވެ. އއ. ތޮއްޑޫއަށް 103.3 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް އަދި އއ. މާމިގިލިއަށް 95.0 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް މެޓް އޮފީހުން ބުންޏެވެ.
ގއ. އަތޮޅުގެ ކޫއްޑޫއަށް 81.0 މިލިމީޓަރުގެ ވާރޭ، ފުވައްމުލަކު ސިޓީއަށް 70.5 މިލިމީޓަރުގެ ވާރޭ ފާއިތުވި 24 ގަޑިއިރުގެ ތެރެއިގައި ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން ބުންޏެވެ. އަދި ގދ. ފަރެސްމާތޮޑާއަށް 60.4 މިލިމީޓަރު، ކ. ގާފަރަށް 59.5 މިލިމީޓަރުގެ ވާރޭ އަދި ލ. މާވަށް 53.9 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން ބުނީ މިއަދު ވެސް ދެކުނާއި މެދުރާއްޖޭގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު