ބިއުޓީ ސިނާއަތަކީ އަބަދުވެސް އިނޮވޭޝަންގެ ސިނާއަތެކެވެ. މިއަދު ހަމުގެ ފަރުވާ ހޯދާ މީހުން، އެ ކަމުގެ އުފެއްދުންތައް ބޭނުންކުރާ ގޮތް ބަދަލުކުރުމުގައި އެންމެ ކުރީގައި އޮތީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެވެ.
އެންމެ ބޮޑު ކުރިއެރުންތަކުގެ ތެރޭގައި އޭއައި ޕަވަޑް ސްކިން އެނަލައިޒަރެއް ހިމެނޭއިރު، މިއީ ބޭނުންކުރާ ފަރާތްތަކުގެ ހަމުގެ ހާލަތަށް ފުންކޮށް ބަލައިލެވޭނެ އެއްޗެކެވެ. ހައިޑްރޭޝަން، އިލެސްޓިސިޓީ، ޕިގްމެންޓޭޝަން، އަދި ޕޯރ ސައިޒް ފަދަ ކަންތައްތައް ބެލުމަށްފަހު، އޭއައި އިން އެ ހަމަކާ ގުޅޭގޮތަށް ޕާސަނަލައިޒްޑް ސްކިންކެއާ ގެ ލަފާތައް ފޯރުކޮށްދެއެވެ.
ސްކިންކެއާގައި އޭއައިގެ އެންމެ ފައިދާހުރި އެއް ކަމަކީ ލިބޭ އެކްސެސިބިލިޓީ އެވެ. އޭއައި ޕަވަރޑް ސްކިންކެއާ އެޕްތަކުގެ ސަބަބުން ގޭގައި ތިބެގެން ވެސް ފުރިހަމަ ހަމުގެ ޑައިގްނޯސިސްއެއް ލިބިގެންދެ އެވެ. މި ޓޫލްތަކުގެ ސަބަބުން ހިކި، ކުލަޖެހުން، ނުވަތަ އެއްވަރު ނުވާ ޓޯން ފަދަ މައްސަލަތައް ދެނެގަނެ، މި ކަންބޮޑުވުންތަކާ ކުރިމަތިލުމަށް ޕާސަނަލައިޒްޑް ޕްރޮޑަކްޓް ރެކޮމެންޑޭޝަންތައް ލިބިގެންދެއެވެ. އޭގެސަބަބުން ރީތިވުމުގެ ރޫޓިން ކޮންޓްރޯލް ކުރުމުގެ ބާރު ކޮންސިއުމަރުންނަށް ލިބިގެންދެއެވެ.
އިސްތަށިގަނޑަށް ފަރުވާ ދިނުމުގައި ވެސް މިފަދަ ޓެކްނޮލޮޖީތައް އަންނަނީ އުފެދެމުންނެވެ. އޭއައި އިން ދުއްވާ ޓޫލްތަކުން އިސްތަށިގަނޑުގެ ވައްތަރާއި ކަންބޮޑުވުންތަކާ ބެހޭ ގޮތުން ޔޫޒަރ އިންޕުޓް ކުރާ ޑޭޓާ ތަހުލީލުކޮށް، ޕްރޮޑަކްޓް ރެކޮމެންޑޭޝަންތަކާއި ރޫޓިންތައް ތައްޔާރުކޮށްދެއެވެ. ވަކި، ޕާސަނަލައިޒްޑް ކެއާއާ ދިމާލަށް މި އިވޮލިއުޝަން މުޅި ބިއުޓީ ސްޕެކްޓްރަމް އަށް ވެސް ފުޅާވެގެންދެއެވެ.
އޭއައި ސްކިން އެނަލައިޒަރުން މަސައްކަތް ކުރަނީ މަތީ ފެންވަރުގެ ހަމުގެ ތަސްވީރުތަކުން ލިބޭ ޑޭޓާ އިވެލުއޭޓް ކުރާ މެޝިން ލާނިން އެލްގޮރިދަމްސް ބޭނުންކޮށްގެންނެވެ. ސްމާޓްފޯން ކެމެރާ ނުވަތަ ހާއްސަ ޑިވައިސްތަކެއް މެދުވެރިކޮށް ނަގާ މި ތަސްވީރުތަކަކީ ހަމުގެ ބާވަތްތަކާއި، ކުލަތައް، ހަމުގައި ހުންނަ ރޫ، އަދި އެހެނިހެން ސިފަތައް ވަޒަންކުރުމަށް ޕްރޮސެސްކޮށްފައިވާ ތަސްވީރުތަކެކެވެ. އެއަށްފަހު އޭއައި އިން މި މައުލޫމާތު ތަފާތު ޔޫޒަރުންގެ ހަމުގެ ޕްރޮފައިލްތަކުގެ ފުޅާ ޑޭޓާބޭސްއަކާ އަޅައިކިޔައި، ކޮންމެ ފަރުދަކަށް ވެސް އެ ތަހުލީލުގެ ސައްހަކަން ކަށަވަރުކޮށްދެއެވެ.
މިސާލަކަށް އޭއައި ސްކިން އެނަލައިޒަރަކުން ޔޫޒަރެއްގެ ހައިޑްރޭޝަން ލެވެލް ދެނެގަނެ، ތެޔޮ، ހިކި ނުވަތަ ކޮމްބިނޭޝަން ހަންގަނޑަށް ތައްޔާރުކޮށްފައިވާ ޕްރޮޑަކްޓްތައް ރެކޮމެންޑް ކުރެވިދާނެ އެވެ. މި ސިސްޓަމްތަކުން ޔޫޒަރ ޑޭޓާއިން ދަސްކުރަމުން އަންނަ ވަރަކަށް، ވަގުތު ފާއިތުވަމުންދާ ވަރަކަށް އެ ސިސްޓަމްތަކުގެ ޑައިގްނޯސްޓިކް އެކިއުރެސީ ރަނގަޅުވެ، ދުވަހެއް ދުވަހަކަށް ޕާސަނަލައިޒްޑް އަދި އެންމެ ރަނގަޅު ރެކޮމެންޑޭޝަންތައް ލިބެއެވެ.
- - ހަންގަނޑަށް ފަރުވާ ދިނުމަކީ ގިނަ ފަހަރަށް ޓްރައިލް އެންޑް އެރޯ ގެ ޕްރޮސެސްއެއް، އަބަދުވެސް ބޭނުންކުރާ ފަރާތަތަކުން އެމީހުންގެ ހަމަށް ފައިދާވާނީ ކޮން ޕްރޮޑަކްޓްތަކެއްތޯ ޖެހެނީ ލަފާކުރާންށެވެ. ނަމަވެސް އޭއައިގައި ލަފާކުރުމުގެ ބަދަލުގައި ހަމުގެ ޕްރޮފައިލް ތަހުލީލުކޮށް، ހައިޕަރޕިގްމެންޓޭޝަން، ހިކިވުން ނުވަތަ މުސްކުޅިވުން ފަދަ ވަކި ކަންބޮޑުވުންތަކަށް ސީދާ ހައްލު ހޯދައިދޭ ޕްރޮޑަކްޓްތައް ފޯރުކޮށްދެއެވެ.
- - އޭއައި ޓޫލްސް އަކީ ހަމުގެ މައްސަލަތައް ފެންނަން ފެށުމުގެ މާކުރިން ދެނެގަތުމުގެ ގާބިލުކަން ލިބިފައިވާ އެއްޗެކެވެ. ހަމަށް ޖެހޭ ރޫތަކާއި، ކުލަތަކާއި، ނުވަތަ އަވިން ލިބޭ ގެއްލުން ފަދަ ކަންބޮޑުވުންތައް އަވަހަށް ދެނެގަތުމުން، މި މައްސަލަތައް އަވަހަށް ހައްލުކުރުމުގެ ފުރުސަތު ލިބިގެންދާއިރު، ދިގު މުއްދަތަކަށް ހަމުގެ ސިއްހަތު ރަނގަޅުކުރުމަށް ވެސް އެހީތެރިވެދެއެވެ.
- - އޭއައި ޕަވަރޑް ރެކޮމެންޑޭޝަންތަކުގެ ސަބަބުން ސްކިންކެއާ ރޫޓިންސް އެންމެ ފުރިހަމައަށް ފައިދާހުރި ގޮތަކަށް އޮޕްޓިމައިޒް ކުރެވޭކަން ކަށަވަރުވެއެވެ. މިސާލަކަށް އޭއައި ޓޫލަކުން ހައިޑްރޭޓިން ސީރަމް އާއި ކޮމްޕްލިމެންޓަރީ މޮއިސްޗަރައިޒާ އެއްކޮށްލައިގެން ތެތްކަން ލޮކްކޮށް، ޖުމްލަ ނަތީޖާ އިތުރުވާ ސިނަޖީއެއް އުފެއްދުމަށް ލަފާދީފާނެ އެވެ.
- - މޫސުމަށް އަންނަ ބަދަލުތަކާއި، ސްޓްރެސް ނުވަތަ ކާނާ ފަދަ ކަންކަމުގެ ސަބަބުން ހަމުގެ ހާލަތު ގޯސްވެދާނެ އެވެ. އޭއައި ސިސްޓަމްތަކުން މި ބަދަލުތައް ޓްރެކްކޮށް، އެއަށް ރިއާޔަތްކޮށް ސްކިންކެއާ ރޫޓިންސް ހަމަޖައްސައިދެއެވެ.
ސްކިންކެއާގައި އޭއައި ޓެކްނޮލޮޖީއަކީ އޭގެ ޕޮޓެންޝަލްގެ ފަށަލަ ސްކްރެޗް ކުރަމުން އަންނަ ޓެކްނޮލޮޖީއެކެވެ. އެއީ ތަރައްގީވަމުން އަންނަ ވަރަކަށް، އޭއައި އިން ޖެނެޓިކް ޑޭޓާ، ތިމާވެށީގެ ކަންތައްތަކާއި، އަދި ދިރިއުޅުމުގެ ވައްޓަފާޅި އިހުތިޔާރުތައް ވެސް އޭގެ ތަހުލީލުތަކުގައި ހިމަނައި، ދިގު މުއްދަތަކަށް ދުޅަހެޔޮ ހަންގަނޑެއް ބެހެއްޓުމަށް އެހީތެރިވެދޭ ޕްރޮޑަކްޓިވް އިންސައިޓްތައް ހުށަހެޅުން އެކަށީގެންވެ އެވެ.
އޭއައި އާއި އެކު ބިއުޓީ އިންޑަސްޓްރީ އަންނަނީ ކަސްޓަމައިޒް ކުރެވި، ކޮންސިއުމަރުންނަށް ހައިޕަރ ޕާސަނަލައިޒްޑް ސްކިންކެއާ ތަޖުރިބާތައް ފޯރުކޮށްދެމުންނެވެ. ޑޭޓާ ޑްރިވަން ބިއުޓީއަށް މި ބަދަލުވުމުން ކޮންމެ ފަރުދެއްގެ ވެސް ހަމުގެ ލަނޑުދަނޑިތައް ހާސިލް ކުރެވޭނީ އެމީހެއްގެ ހާއްސަ ބޭނުންތަކަށް ތައްޔާރުކޮށްފައިވާ ޕްރޮޑަކްޓްތަކުންނެވެ. ރީތިކަމުގައި އޭއައި އަކީ މާ ޕާސަނަލައިޒްޑް، ޕްރަސައިސް، އަދި އެފެކްޓިވް ސްކިންކެއާ އަށް އެޅި އިންގިލާބީ ބަދަލެކެވެ.
މި ޓެކްނޮލޮޖީ ކުރިއަރާވަރަކަށް ޔޫޒަރުންނާއި ބްރޭންޑްތަކަށް ވެސް ސްކިންކެއާ ސޮލިއުޝަންތަކުގެ ފައިދާ މާ ވަރުގަދަ އަދި ޓާގެޓްކޮށް ލިބި، އާހިރުގައި ހަމުގެ ސިއްހަތާއި ހިތްހަމަޖެހުން ރަނގަޅުވާނެ ކަމަށް ބެލެވެއެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް