އެކްޓަރު، ނިކޯލް ކިޑްމަންއަށް އަންނަ އަހަރު ޕާމް ސްޕްރިންގްސް އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި ހާއްސަ ޝަރަފެއް ލިބޭނެކަން އިއުލާނުކޮށްފިއެވެ. ދަ ހޮލީވުޑް ރިޕޯޓަރުގައިވާ ގޮތުން، ނިކޯލްއަށް އިންޓަނޭޝަނަލް ސްޓާ އެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ ތިންވަނަ ދުވަހު ބާއްވާ ފެސްޓިވަލްގައެވެ. މި ފެސްޓިވަލް ހިނގާނީ ޖެނުއަރީ ދެއަކުން 13 އަށެވެ.
ނިކޯލްއަށް މި ޝަރަފު ދިނުމާ ގުޅޭގޮތުން ފެސްޓިވަލްގެ ޗެއާމަން ނަޗްހައްތާރް ސިންގް ޗަންދީ ބުނީ، "ނިކޯލް ކިޑްމަން އަނެއްކާވެސް ހިތްވަރުގަދަކަން ދައްކައިފި ކަމަށާއި އުނދަގޫ ރޯލުތައްވެސް ފަސޭހަކަމާއެކު ކުޅެވިދާނެކަން ސާބިތުކޮށްދީފި." ކަމަށެވެ.
"ބޭބީގާލް" ގައި އޭނާ ތަމްސީލުކުރަނީ މަތީ ފަންތީގެ ސީއީއޯއެއްގެ ދައުރު. އޭނާގެ ދިރިއުޅުން ފެށެނީ ނުރައްކާތެރި ގުޅުމެއްގެ ތެރެއަށް ވަދެ، ފަރުވާތެރިކަމާއެކު ބިނާކޮށްފައިވާ ދުނިޔެ ފުނޑުފުނޑުވެގެން ދާން ފަށާ ހިސާބުން. މި ފާހަގަކޮށްލެވޭ ޕާފޯމަންސަށްޓަކައި، އަހަރެމެން އުފަލާއެކު އޭނާއަށް އިންޓަނޭޝަނަލް ސްޓާ އެވޯޑް ހުށަހަޅަން. މިއީ ހަގީގަތުގައިވެސް ނިކޯލް ކިޑްމަންއަށް ހައްގު ޝަރަފެއް."
މި އެވޯޑު ކުރިން ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި ކެރީ މަލިގަން، މިޝެލް ޔިއޯ، ޕެނެލޮޕީ ކްރޫޒް، ހެލެން މިރެން، ސައޯއިރްސް ރޯނަން އަދި ޗާލީޒް ތެރޯން ހިމެނެއެވެ. ޔިއޯއަށް ޕީއެސްއައިއެފްއެފްގެ ފަރާތުން "އެވްރީތިން އެވްރީވެއަރ އޯލް އެޓް ވަންސް" އަށް މި އެވޯޑު ލިބިނު އަހަރު އެންމެ މޮޅު އެކްޓްރެސް ގެ ރޯލުން އޮސްކާ ލިބުނެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން