ރިސޯޓްތަކުގައި އުފެދޭ ކުނި އުކާލުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ދޭ "ފަތުރުވެށި" ހިދުމަތުގައި އިތުރު ދެ ރިސޯޓަކުން ބައިވެރިވެއްޖެއެވެ.
މަލަހިނި ކުޑަ ބަޑޮސް އަދި ޖުމެއިރާ އޮޅަހަލި ރިސޯޓަށް އެ ހިދުމަތް ދިނުމާ ގުޅޭ އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޖްތަބާ ޖަލީލެވެ.
ރިސޯޓްތަކުން ކުނި އުކާލަން ހަވާލުކުރާ އަމިއްލަ ކޮންޓްރެކްޓަރުގެ ފަރާތުން ކުނި މެނޭޖުކުރުމުގެ ކަންކަން ރަނގަޅަށް ތަންފީޒު ކުރަމުން ނުދާތީ، އެކަން އެންމެ ފުރިހަމަ އަދި ރައްކާތެރިގޮތުގައި ދިނުމަށް ވެމްކޯ އިން "ފަތުރުވެށި" ހިދުމަތް ފެށީ މި އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ.
އެ ހިދުމަތް ފުރަތަމަ ފެށީ ރ. އަތޮޅުގެ ތިން ރިސޯޓް ކަމަށްވާ ކޮރަ ކޮރަ މޯލްޑިވްސް، އަލީލާ ކޮތާފަރު އަދި ނޮކު މޯލްޑިވްސް އިންނެވެ.
ވެމްކޯ އިން ބުނީ، އިތުރު ދެ ރިސޯޓަކާއެކު މި ހިދުމަތާ ގުޅުމުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށާއި އޭރުން ޖުމްލަ އަށް ރިސޯޓަށް ހިދުމަތް ދެވެން ފެށޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު