ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވެ އުޅުނު ބޯޓެއް ޑްރޯން ބޭނުންކޮށްގެން ހޯދާފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ބުނެފިއެވެ.
އެމްއެންޑީއެފް އިން ބުނީ ބޭރު ގައުމެއްގެ އެ އުޅަނދު ހޯދީ ސިފައިންގެ އެއާ ކޯ އާއި ކޯސްޓް ގާޑުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ. އަދި އެ އުޅަނދު މިހާރު ކޯސްޓް ގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށްވެސް ބުންޏެވެ.
ސިފައިން އާންމު ކުރި ފޮޓޯ އިން ފެންނަ ގޮތުގައި އެ ބޯޓަކީ އާންމުކޮށް ގަވާއިދާ ހިލާފަށް ރާއްޖެއަށް ވަދެ އުޅެނިކޮށް އަތުލައިގަންނަ ވައްތަރުގެ މަސްބޯޓެކެވެ.
ނަމަވެސް އެ ބޯޓާ ގުޅޭ އިތުރު ތަފުސީލެއް އަދި އެ ބޯޓުގައި ތިބީ ކިތައް ފަޅުވެރިން ކަމެއް އަދި ނޭނގެއެވެ. އެ މައުލޫމާތެއް އެމްއެންޑީއެފް އިން އަދި ނުދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު