ދިރާގު ވިން އަ ސްޕިޑްބޯޓް ޕްރޮމޯޝަންގެ އަލް ޝާލީ މެރިން، މަޖެލަން 32 ބޯޓު ބަނުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެއެވެ.

ދިރާގުން މިއަދު ބުނީ މަޖެލަން 32 ސްޕީޑްބޯޓަކީ ރާއްޖޭގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ ބޯޓު އެފުއްދުންތެރިން ކަމުގައިވާ އަލް ޝާލީ މެރިން މޯލްޑިވްސްއިން ފަރުމާކުރަމުންދާ ލޯންޗެއް ކަމަށެވެ. އެގޮތުން މިހާރު ބޯޓުގެ ގިނަ މަސައްކަތްތަކެއް ނިމިފައިވާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ބޯޓު ބަނުމުގެ މަސައްކަތް ނިމޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

"އަލް ޝާލީ މެރިން، މަޖެލަން 32 ބޯޓު ފަދަ ހިތްގައިމު ސްޕީޑްބޯޓެއް ދިރާގު ކަސްޓަމަރުންނަށް ގެނެސްދިނުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އެގޮތުން އަޅުގަނޑުމެންގެ ޓީމުން ފުރިހަމަކަމާ އެކު މަސައްކަތް ކުރަމުން ދަނީ، އެންމެ ފެންވަރު ރަނގަޅު ބޯޓެއް ނަސީބުވެރި ފަރާތަށް ފޯރުކޮށްދިނުމަށް. މި ހައި ސްޕީޑް ލޯންޗު ވެގެން ދާނީ އަލް ޝާލީ މެރިން މޯލްޑިވްސްއިން އަބަދު ވެސް ދިވެހިންނަށް ގެނެސްދެމުން އަންނަ އުފެއްދުންތެރިކަމުގެ ލާމަސީލު މިސާލަކަށް،" އަލް ޝާލީ މެރިން މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު އިސްމާއިލް ޝަރީފް ވިދާޅުވިއެވެ.

އެގޮތުން މި މަޖެލަން 32 ބޯޓުގައި އަރާމު ޑެކަކާއި ހިތްފަސޭހަ ކެބިންއަކާއި ބޭނުންކުރެވޭ ބަދިގެއެއް ވެސް ހުންނާނެއެވެ. އަދި މިއީ ޕިކްނިކް ދަތުރު ދިޔުމަށް ނުވަތަ އާއިލާއާ އެކު މަސް ދަތުރު ދިޔުމަށް ވެސް ވަރަށް ރަނގަޅު ވާނެ ބޯޓެކެވެ. އަދި މި ހައި ސްޕީޑް ލޯންޗާ އެކު، މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަކަށް ޔަމަހާއިން މި ލޯންޗަށް ބޭނުންވާ 175 ހޯސްޕަވަރުގެ ދެ އައުޓްބޯޑް އިންޖީނު ވެސް ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ

ދިރާގުން ބުނީ، އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ޕްރީޕެއިޑް 400 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ރީޗާޖުކުރާ ކަސްޓަމަރުންނާއި ޕޯސްޓްޕެއިޑް 400 އަދި ފައިބާ ބްރޯޑްބޭންޑް 30އެމް އަށް ވުރެ މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ކަމަށެވެ.

ދިރާގުގެ ހިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. އަދި ހުރިހާ ކަސްޓަމަރުން ވެސް ހާއްސަ [ޕޯޓަލް](https://winaboat.dhiraagu.com.mv/) މެދުވެރިކޮށް 15 ޑިސެންބަރުގެ ކުރިން މި ޕްރޮމޯޝަންގައި އެންރޯލް ކުރަން ޖެހޭނެ ކަމަށްވެސް ދިރާގުން ބުންޏެވެ.

މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު https://bit.ly/4d1WWvY އިން ލިބޭނެއެވެ.