އަންނަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓް، ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ގާނޫނާހިލާފަށް ކަމަށް އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މީކާއީލް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފެށި ބަޖެޓު ބަހުސްގައި ފުރަތަމަ ފުރުސަތު ލިބިވަޑަގެންނެވި މެންބަރުގެ ގޮތުގައި ވާހަކަ ދައްކަވަމުންނެވެ.
"ކަނޑައެޅިގެން ގާނޫނާ ހިލާފު ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ މިއީ ފުރަތަމަ ފަހަރު، ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖެ ހިންގުމާ ބެހޭ ގާނޫނުގައި ކަނޑައެޅިގެން ވަކި ގޮތަކަށް ވަކި އަދަދެއް ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލުތަކަށް ދޭންޖެހޭނެ ކަމަށް ބުނޭ، މިއީކީއެއް އެއިރެއްގައި ހުންނަ ރައީސުލްޖުމްހޫރިއްޔާއެއްގެ ހެޔޮފުޅުކަމުނ،ް އެ އިރެއްގައި ހުންނަ ފިނޭންސް މިނިސްޓަރުގެ އަރިހަށް ކައުންސިލަރުން ކުރާ ޒިޔާރަތަކުން ކަނޑައެޅޭ އަދަދެއް ނޫން ކަމަށް މި ރައްޔިތުންގެ މަޖިލީހުން ނިންމީ ވަރަށް މުހިންމު ބޭނުމަކަށް ޓަކައި، އެހެންނަމަވެސ،ް އަޅުގަނޑުމެންނަށް މި ފެންނަނީ ދައުލަތުގެ ބަޖެޓު ހުށަހެޅިގެންދާއިރު ކަނޑައެޅިގެން ގާނޫނާ ހިލާފު އަދަދުތަކެއް ކަނޑައެޅ،ި ބްލޮކް ގްރާންޓުގެ ގޮތުގައި ދައުލަތުގެ ބަޖެޓުގައި ޖެހި ރައްޔިތުންގެ މަޖިލީހަށް މި ބަޖެޓު ހުށަހެޅިފައިވާ މަންޒަރު، އެއުމެއްގައި ނަމަ ފިނޭންސް މިނިސްޓަރު އިސްތިއުފާދެއްވަންޖެހޭނެ،"
މީކާއީލްގެ ވާހަކާގައި ފާހަގަ ކުރެއްވީ، ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅާފައިވާގޮތާ ހިލާފަށް ކައުސިލްތަކަށް ބްލޮލް ގްރާންތް ދިނުމަށް 2025 އަށް ހުށަހަޅާފައިވާ ބަޖެޓްގައި ކަނޑައަޅާފައިވާތީއެވެ.
ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން، ކޮންމެ އަހަރެއްގެ ބަޖެޓުގެ ފަސް ޕަސެންޓް ބޮލޮކް ގްރާންޓުގެ ގޮތުގައި ދޭން ޖެހެއެވެ.
ނަމަވެސް ބަޖެތް ހުށަހެޅިއިރު އެ އަދަދު އޮތީ، ދެ ޕަސެންޓް ކަމަށް ކަނޑައަޅައިފައެވެ. އެއީ 1.4 ބިލިޔަން ރުފިޔާއެވެ.
ނަމަވެސް ބަޖެޓުގައި ކައުންސިލްތަކަށް ދޭން ކަނޑައަޅާފައިވާ ބްލޮކް ގްރާންޓު ގާނޫނުގައިވާ ގޮތަށް ދިނުމަށްޓަކައި މަދުވާ ބައި، ކޮންޓިންޖެންސީ ބަޖެޓުން ހަމަޖެއްސުމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ އޭގެ ފަހުން މަޖިލީހަށް ހުށަހަޅުއްވައިފައެވެ.
އެގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ އަދަދު ހަަމަ ކުރުމަށް ބޭނުންވާ އަދަަދު ކަމަށްވާ 699.6 މިލިއަން ރުފިޔާއާ ހަމައަށް ބަޖެޓުގެ ޖުމުލަ އަދަދު އިތުރު ނުވާނެ ގޮތަށް ކޮންޓިންޖެންސީ ބަޖެޓުން ހަމަޖައްސައި ދިނުމަށް ފިނޭންސް މިނިސްޓަރު ވަނީ މަޖިލީހަށް ހުށަހަޅުއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު