އާޔުރުވޭދައަކީ ގިނަ ގައުމުތަކުގެ ސަގާފަތުގައި ކުރާ އެންމެ ޒަމާންވީ އާދަތަކުގެ ތެރެއިން އެކައްޗެވެ. މިއީ ފަހަކަށް އައިސް އަލުން ދިރުން ގެނެސްފައިވާ، ގުދުރަތީ ރީތިކަމުގެ ސިއްރުތައް އޭގެ ތެރޭގައި ހިމެނޭ އެއްޗެކެވެ.
މި ފަހަކަށް އައިސް ކޮރެއާގެ ބިއުޓީ ޕްރޮޑަކްޓްތަކާއި ހެކްތައް ވެސް ވަނީ އެ ތަކެތިން ލިބޭ ފައިދާގެ ސަބަބުންނާއި ގްލާސް ސްކިން ޓެކްސްޗާގެ ސަބަބުން ބިއުޓީ މާކެޓުގައި ވަރަށް މަޝްހޫރުވެފައެވެ.
މި ދެ ބާވަތުގެ ފަރުވާގައި ވަރަށް ބޮޑު އެއްގޮތްކަމެއް ހުރި ނަމަވެސް، އެއާއެކު ވަރަށް ބޮޑު ތަފާތުތަކެއް ވެސް ހުރެއެވެ. އާޔުރުވޭދާގައި ގުދުރަތީ ތަކެތި ބޭނުންކޮށް، ހަމާއި، ސިކުނޑީގެ މެދުގައި ވަޒަންހަމަކަމެއް ގެންނަން މަސައްކަތްކުރާއިރު، ކޮރެއާގެ ސްކިން ކެއާގައި ހަމުގެ މައްސަލަތަކަށް މަޑުމައިތިރި ގޮތަކަށް ލެބޯޓަރީގައި އުފައްދާފައިވާ ސީރަމްތަކާއި މިސްޓްތައް ބޭނުންކުރެއެވެ.
އާޔުރުވޭދިކް ސްކިން ކެއާގައި މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ ގުދުރަތީ ތަކެއްޗެވެ. މީގެ ތެރޭގައި ހިމެނެނީ ނީމް، ރީނދޫ، މުލްތާނީ މިއްޓީ، ކިރު، ސެފްރޮން، އަޝްވާގަންދާ އަދި މިނޫންވެސް މިފަދަ ގުދުރަތީ ބައެއް ތަކެއްޗެވެ.
އާޔުރުވޭދާ ފަރުވާއަށް އެތައް ސަތޭކަ އަހަރެއް ވެއްޖެއެވެ. އަދި މިއީ މުޅި ހަށިގަނޑަށް ގުދުރަތީ ގޮތެއްގައި ވަޒަންހަމަކަން ގެނައުމަށް އަމާޒުކޮށްފައިވާ ޖުމްލަ ދުޅަހެޔޮކަމުގެ ފަލްސަފާގެ ބައެކެވެ. އާޔުރުވޭދިކް ސްކިން ކެއާގައި ބޭނުންކުރާ އުފެއްދުންތަކާއި ތަކެތި ބަދަލުވަނީ ވަރަށް މަޑުމަޑުންނެވެ. މި ތަކެތި ބިނާވެފައި އޮންނަނީ މީހާގެ ހަމުގެ ބާވަތާއި ހަށިގަނޑުގެ ބާވަތަށް ވެސް ބަލައިގެންނެވެ.
މިސާލެއް: ވިޓަމިން ސީ ސީރަމެއް ބޭނުންކުރުމުގެ ބަދަލުގައި، ވިޓަމިން ސީއިން މުއްސަނދި އާމްލާ، ހަމާއި ހަށިގަނޑުގައި ބޭނުންކުރުން.
ކޮރެއާގެ ސްކިން ކެއާގައި މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ ތެތްކަން ދެމެހެއްޓުމަށް އެހީވާ ތަކެއްޗެވެ. މި ތަކެތިން ހަމުގެ ބޭރުފަށަލައިގެ ދުޅަހެޔޮކަމަށް އިތުރު އެހީތެރިކަމެއް ދިނުމަށް މަސައްކަތްކުރެއެވެ.
ކޮރެއާގެ އުފެއްދުންތަކަކީ ނަތީޖާ ރަނގަޅު ތަކެތި ކަމަށް މަޝްހޫރުވެފައިވެއެވެ. މިއީ ނާޒުކު ހަމަށް ވެސް ފައިދާހުރި ތަކެތި ކަމަށް ދިރާސާތަކުން ދައްކައެވެ. މި ތަކެތިން ހަމުގެ ކުލަ ރަނގަޅުކޮށް، ރީތި ހަމެއް ހޯދުމަށް ކުރާ މަސައްކަތް އަވަސްކޮށްދީ، ހަމަށް ކާނާ ލިބި ރައްކާތެރިކަން ދިނުމުގެ ފައިދާ ލިބެއެވެ. މި ތަކެތި ތަރައްގީވެފައިވަނީ ގުދުރަތީ ސްކިން ކެއާ ހެކްތަކުން ފެށިގެންނެވެ. އަދި މި އުފެއްދުންތައް ވެސް ކުރިއަރުވައި، ބޭނުންކުރަން ފަށާފައިވަނީ ހަމަ އެގޮތަށެވެ.
މިސާލެއް: ސާފު އަދި ރީތި ހަމެއް ހޯދުމަށް ހަނޑޫ ފެނާއި މިސްޓްތައް ބޭނުން ކުރުން.
ނަމަވެސް، ތިޔަ ބޭފުޅުންނަށް މި ދެބާވަތުގެ ސްކިން ކެއަރ ވެސް އާދަތަކުގެ ތެރެއަށް ވައްދައި، ބޭނުންކުރެވިދާނެއެވެ. ބޮޑަށް ބަލަންވީ އަމިއްލަ ހަމާ އެންމެ ގުޅޭ ސްކިންކެއާ ރޫޓިންއެއް ފޮލޯ ކުރުމެވެ. ބައެއް މީހުންގެ ހަމަށް އަޔުރްވެދާ މަސައްކަތް ކޮށްފާނެ އެވެ. އަނެއްބައިމީހުންގެ ހަމަށް ދިރުން ގެނެސްދީ ރީތިކޮށްދެނީ ކޮރެއާ އުފެއްދުންތަކުން ކަމަށްވެސް ވެދާނެ އެވެ. ދެ ބާވަތުގައިވެސް މޮޅުތައް ހިމެނެއެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް