ޓްރަމްޕާއި ޕޫޓިން ފޯނުން ގުޅުއްވައި ވާހަކަފުޅުދައްކަވައިފި ކަމަށް ރިޕޯޓުކުރުމުން ރަޝިޔާއިން އެކަން ދޮގުކޮށްފިއެވެ.

ރަޝިޔާއިން ބުނީ އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕޫޓިން ފޯނުން ގުޅުއްވައި ވާހަކަފުޅުދެއްކެވި ކަމަށް އެންމެ ފުރަތަމަ ރިޕޯޓުކޮށްފައި ވަނީ އެމެރިކާގެ ވޮޝިންޓަން ޕޯސްޓްގައި ކަމަށެވެ.

ވޮޝިންޓަން ޕޯސްޓުގައި ވާގޮތުން ޓްރަމްޕާއި ޕޫޓިންގެ ފޯންކޯލުގައި ޔޫކްރޭނާއި ރަޝިޔާ މައްސަލަ ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

އެ ފޯނުކޯލުގެ މައްސަލައިގައި ރަޝިޔާއިން ވަނީ އެއީ ހިޔާލީ ވާހަކައެއްކަމަށް ބުނެ އެކަން ދޮގުކޮށްފައެވެ. ޓްރަމްޕުގެ ޓީމުގެ ފަރާތުން މި ކަމުގެ ކޮމެންޓެއް ހޯދުމަށް މީޑިއާއިން މަސައްކަތް ކުރިނަމަވެސް، ޓްރަމްޕްގެ ޕްރައިވެޓް ފޯނުކޯލުތަކާ ގުޅޭ ގޮތުން ކޮމެންޓެއް ކުރުމަށް ދެކޮޅު އެ ޓީމުން ވަނީ ދެކޮޅު ހަދައިފައެވެ.

ދުނިޔޭޣެ އެކި ކަންކޮޅުތަކުގައި ހިނގަމުން ދާ ބޮޑެތި ކަންކަމާ ގުޅޭގޮތުން ގައުމުތަކުގެ އިސްވެރީން އިންތިހާބީ ރައީސް ޓްރަމްޕާ ގުޅުއްވައި މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.