ހަންގޭރީގައި މިހާރު ކުރިއަށްދާ އެގައުމުގެ 20 ވަނަ ނެޝަނަލް ޝޯޓްޓްރެކް ޗެމްޕިއަންޝިޕްގައި ވާދަކޮށް، ރާއްޖޭގެ މުހައްމަދު އާން ހުސައިން އިތުރު ތިން ރެކޯޑެއް ހަދައިފިއެވެ.
މީގެ ކުރިންވެސ އާ އެ މުބާރާތުގައި ގައުމީ ގިނަ ރެކޯޑުތަކެއް މުގުރާލާފައިވާ އިރު، އެންމެފަހުން އޭނާ ހެދި ރެކޯޑުތަކަކީ ފިރިހެނުންގެ ޝޯޓްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ރެކޯޑާއި، ފިރިހެނުންގެ ޝޯޓްކޯސް 200 މީޓަރު ފްރީސްޓައިލް އިވެންޓުގެ ރެކޯޑު އަދި ފިރިހެނުންގެ ޝޯޓްކޯސް 50 މީޓަރު ބަޓަފްލައި އިވެންޓުގެ ރެކޯޑެވެ.
އާން ފިރިހެނުންގެ ޝޯޓްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ރެކޯޑު ހެދީ 23.79 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެއީ ކުރިންވެސް އާން އަތުގައި އޮތް ރެކޯޑެކެވެ. ކުރިން އޭނާގެ ޓައިމިންއަކީ 24.29 ސިކުންތެވެ.
ފިރިހެނުންގެ ޝޯޓްކޯސް 200 މީޓަރު ފްރީސްޓައިލް އިވެންޓުގެ ރެކޯޑު އާން މުގުރާލީ، ދެ މިނެޓާއި 1.08 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެއީ ކުރިން މުހައްމަދު ރިހާން ޝިހާމް އަތުގައި އޮތް ރެކޯޑެކެވެ. ރިހާން ރެކޯޑު ހަދާފައި ވަނީ އޭއޯއެސްއައި ޝޯޓްކޯސް އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްގައި ވާދަކޮށް، ދެ މިނެޓާއި 3.06 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ދެން އާން ހެދި ފިރިހެނުންގެ ޝޯޓްކޯސް 50 މީޓަރު ބަޓަފްލައި އިވެންޓުގެ ރެކޯޑު އޭނާ ހެދީ 26.67 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެއީވެސް ކުރިން ރިހާން އަތުގައި އޮތް ރެކޯޑެކެވެ. ރިހާން އެ ރެކޯޑުވެސް ހެދީ މިއަހަރު މެދު ތެރޭގައި ބޭއްވި އޭއޯއެސްއައި ޝޯޓްކޯސް އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްގައި ވާދަކޮށްގެންނެވެ. ރިހާންގެ ރެކޯޑު ޓައިމިންއަކީ 27.06 އެކެވެ.
ސްވިމިން
ސްވިމިން
ސްވިމިން
ސްވިމިން