ހަންގޭރީގައި މިހާރު ކުރިއަށްދާ އެގައުމުގެ 20 ވަނަ ނެޝަނަލް ޝޯޓްޓްރެކް ޗެމްޕިއަންޝިޕްގައި ވާދަކޮށް، ރާއްޖޭގެ ހަމްނާ އަހުމަދު އިތުރު ދެ ގައުމީ ރެކޯޑު ހަދައިފިއެވެ.
ހަމްނާ މިފަހަރު މުގުރާލާފައިވާ ރެކޯޑަކީ އަންހެނުންގެ ޝޯޓްކޯސް 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑެވެ. މިފަހަރު ރޭހުގައި ހަމްނާ ރޭސް ނިންމީ ތިން މިނެޓް، 0.53 ސިކުންތުންނެވެ. އޭގެ ކުރިން އެ އިވެންޓްގެ ގައުމީ ރެކޯޑު އޮތީ އައިޝަތު ސާޖިނާ އަތުގައެވެ.
ސަޖީނާ އެ ރެކޯޑު ހެދީ 2019 ވަނަ އަހަރު ބޭއްވުނު 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި، ތިން މިނެޓް، 8.91 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ހަމްނާ މިފަހަރު އާކުރި ރެކޯޑަކީ އަންހެނުންގެ ޝޯޓްކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑެވެ. ހަމްނާ މިފަހަރު ރޭސް ނިންމީ އެއް މިނެޓް، 22.65 ސިކުންތުންނެވެ.
ހަމްނާ އަތުގައި ކުރިން އޮތް އެ ރެކޯޑަކީ މިއަހަރުގެ ސެޕްޓެމްބަރު މަހު ހަންގޭރީގައި ކުރިއަށްދިޔަ ހާޖޮސް އަލްފްރެޑް ކުޕާގައި އެއް މިނެޓް، 23.76 ސިކުންތުން ރޭސް ނިންމައިގެން ހަދާފައިވާ ރެކޯޑެކެވެ.
މިހާރު ކުރިއަށްދާ 20 ވަނަ ނެޝަނަލް ޝޯޓްޓްރެކް ޗެމްޕިއަންޝިޕްގައި ވާދަކޮށް ހަމްނާ ވަނީ މީގެ ކުރިންވެސް ގިނަ ރެކޯޑުތަކެއް ހަދައިފައެވެ.
ސްވިމިން
ސްވިމިން
ސްވިމިން
ސްވިމިން