ކާގޯ ބޯޓަކުން ވެއްޓުނު މީހަކު 24 ގަޑިއިރު ފަހުން ކަނޑުމަތިން ފެނިއްޖެއެވެ.
ސިންގަޕޫރަށް ނިސްބަތްވާ ޑަބަލް ޑިލައިޓް ނަމަކަށް ކިޔާ ކާގޯ ބޯޓެއްގައި މަސައްކަތް ކުރާ މީހަކު ވެއްޓުމާ އެކު އެ މީހާ ހޯދުމަށް ކަމާބެހޭ އިދާރާތަކަށް މައުލޫމާތު ދީގެން މަސައްކަތް ފެށި ކަމަށް އޮފިޝަލުން ބުނެއެވެ. ނަމަވެސް އެމީހާ ގެއްލިފައިވަނީ ރޭގަނޑު ކަމުން އޭނާ ހޯދުމަށް ދަތިތަކާ ކުރިމަތިވިއެވެ.
ރެސްކިއު ޓީމުތަކުން ވަނީ އޭނާ ހޯދުމަށް ރޭގަނޑު ވަގުތުން ފެށިގެން ކަނޑުމަތީ އުޅަނދުތަކާއި ހެލިކޮޕްޓަރުގެ އިތުރުން ފްލައިޓެއް ބޭނުންކޮށްފައެވެ.
ކަނޑަށް ވެއްޓުނު މީހާ ފެނިފައިވަނީ އޮސްޓްރޭލިއާގެ ސިޑްނީގެ އުތުރު އައްސޭރިފަށާ އަށް ނޯޓިކަލް މޭލު ބޭރުން ކަނޑުމަތިން ކަމަށް ވެސް އޮފިޝަލުން ބުނެފައިވެއެވެ.
ކަނޑުމަތިން އެމީހާ ފެނިފައިވަނީ އެސަރަހައްދުގައި މަސްވެރިކަން ކުރަން ނުކުމެ އުޅުނު ބޯޓެއްގެ ބަޔަކަށް ކަމަށް އޮސްޓްރޭލިއާގެ ރެސްކިއު އޮފިޝަލުން ބުނެފައިވެއެވެ. އެމީހާ ސަލާމަތްކޮށް އޮސްޓްރޭލިއާގެ ނިއުކާސަލް ކައިރީގައި އޮންނަ ސްވަންސީ ޓައުންގެ ހޮސްޕިޓަލަކަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.
އޮސްޓްރޭލިއާގެ އޮފިޝަލުން ވަނީ އެމީހާ ސަލާމަތްކުރި އިރު އޭނާ ހުރީ ލައިފްޖެކެޓެއް އަޅައިގެން ކަމަށާއި ކަނޑުމަތީގައި ގިނައިރުވުމުގެ ސަބަބުން އެމީހާ އޮތީ ވަރުބަލިވެފައި ކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ