އަޒަރުބައިޖާންގެ ވެރިރަށް ބަކޫ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް އަޒަރުބައިޖާން އެއާލައިންގެ ސީދާ ދަތުރުތައް މިއަދު ފަށައިފިއެވެ.
އަޒަރުބައިޖާން އެއާލައިނުގެ ފުރަތަމަ ފްލައިޓް ވީއައިއޭގައި ޖައްސާފައިވަނީ މިއަދު ހެނދުނު 09:45 ގައެވެ.
އެމްއޭސީއެލްގެ ޗީފް ކޮމާޝަލް އޮފިސަރު މުހައްމަދު މިހާދު ވިދާޅުވީ އަޒަރުބައިޖާންގެ އެއާލައިންގެ ސީދާ ދަތުރުތައް ރާއްޖެ ފެށުމުގެ ސަބަބުން ދެ ގައުމުގެ މެދުގައި ދަތުރުފަތުރުގެ ގުޅުން ވަރުގަދަވެ، އެ ގައުމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފަސޭހައިން ދަތުރު ކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށެވެ.
އަޒަރުބައިޖާންގެ ވެރިރަށް ބަކޫ އާއި ވީއައިއޭއާ ދެމެދު އަޒަރުބައިޖާން އެއާލައިސްއިން ހަފުތާއަކު ދެ ފްލައިޓެއް އޮޕަރޭޓް ކުރާނެއެވެ. އެ ދަތުރުތަކުގައި ބޭނުން ކުރާނީ އެެއާބަސް ބީ 787 މަރުކާގެ ބޯޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު