ޕާކިސްތާނުގައި ޖާނުން ފިދާއުވެގެން ދިން ހަމަލާއެއްގައި 25 މީހުން މަރުވެއްޖެއެވެ.

ޕާކިސްތާނުގެ ހުޅަނގު ދެކުނުން އޮންނަ ކުއެއްޓާ ސިޓީގައި ހުންނަ ރޭލު ސްޓޭޝަނެއްގައި ދިން އެހަމަލާގައި 25 މީހުން މަރުވެފައިވާ އިރު، 53 މީހަކަށް ވަނީ އެކިވަރުގެ އަނިޔާވެފައެވެ.

އެ ހަމަލާ ދީފައިވަނީ ރޭލު ސްޓޭޝަންގައި އިއްޔެ ހެނދުނު މީހުން އެންމެ ބާރުބޮޑު ވަގުތުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެހަމަލާގެ ޒިންމާ ވަނީ އެސަރަހައްދުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ގުރޫޕު ތަ ބަލޯޗް ލިބްރޭޝަން އާމީ، ބީއެލްއޭ އިން ނަގައިފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝޭހްބާޒް ޝަރިފް ވަނީ އެހަމަލާ ކުށްވެރިކުރައްވައިފައެވެ.