ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރުއާރު) 2024 ގެ ވަނަތައް ހޯދި ފަރާތްތަކަށް ދިރާގުން އިނާމު ހަވާލުކޮށްފިއެވެ.

ޑީއެމްއާރުއާރުގެ 21.1 ކިލޯމީޓަރު ކެޓެގަރީގެ ޗެމްޕިއަންއަށް 25,000 ރުފިޔާގެ ފައިސާގެ އިނާމު ދިރާގުން ދީފައިވާ އިރު، ރަނަރަޕަށް 15,000 ރުފިޔާ އަދި ސެކަންޑް ރަނަރަޕަށް 10,000 ރުފިޔާގެ އިނާމު ވަނީ ދީފައެވެ.

މީގެ އިތުރުން ފަސް ކިލޯމީޓަރު އޯޕަން، 10 ކިލޯމީޓަރު އަދި ފަސް ކިލޯމީޓަރު އޮފީސް/ރިސޯޓް ކެޓެގަރީތަކުގެ ޗެމްޕިއަނުންނަށް 10,000 ރުފިޔާ، ރަނަރަޕަށް 8,000 ރުފިޔާ އަދި ސެކަންޑް ރަނަރަޕަށް 6,000 ރުފިޔާގެ ފައިސާގެ އިނާމުވެސް ވަނީ ހަވާލުކޮށްފައެވެ. އަދި ފަސް ކިލޯމީޓަރު ސްކޫލް ކެޓެގަރީގެ ވަނަތައް ހާސިލުކުރި ދަރިވަރުންނަށް ވަނީ ހާއްސަ ގިފްޓް ވައުޗަރެއް ހަވާލުކޮށްފައެވެ. އެއީ ޗެމްޕިއަނުންނަށް 5,000 ރުފިޔާ، ރަނަރަޕަށް 3,000 ރުފިޔާ އަދި ސެކްންޑް ރަނަރަޕަށް 1,000 ރުފިޔާގެ ވައުޗަރުތަކެވެ.

ދިރާގުން ވަނީ 21.1 ކިލޯމީޓަރު އަދި 10 ކިލޯމީޓަރު ކެޓެގަރީތަކުން 45 އިން 50 އަހަރާއި، 51 އިން 55 އަހަރާއި، 56 އިން 60 އަހަރު އަދި 61 އިން 65 އަހަރުގެ އުމުރުފުރާތަކުން އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ދިޔަ ފަރާތްތަކުގެ އަގުވަޒަންކޮށް ހާއްސަ ސެޓްފިކެޓް ހަވާލުކޮށްފައެވެ.

އިނާމު ދިނުމުގެ ހަފުލާގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، އިސްމާއިލް ރަޝީދު ވަނީ އެކި ވަނަތަކަށް ހޮވުނު ފަރާތްތަކަށް މަރުހަބާ ދަންނަވައި ދުވުންތެރިން ހޯދި ކާމިޔާބީއަށް ތައުރީފުކުރައްވައިފައެވެ. އަދި ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގެ ދުވުންތެރިންގެ އިތުރުން ބައިނަލްއަގުވާމީ ދުވެންތެރިންވެސް އިންތިޒާރު ކުރާ އިވެންޓެއް ކަމަށް ފާހަގަކުރެއްވިއެވެ.

މި ދުވުމަކީ ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ކުރިއަށްގެންދާ މުހިންމު ހަރަކާތެއް ކަމަށް ވިދާޅުވެ، އެކަމަށް ރޭހުގެ ހުރިހާ ބައިވެރިންގެ ފަރާތުންވެސް ލިބޭ އެއްބާރުލުމަށް އޭނާ ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

ދިރާގުން ވަނީ ޖުމުލަ 680،850 ރުފިޔާ ރޯޑް ރޭހުގެ އެންޑޯސްޑް އެންޖީއޯތަކަށް ހަދިޔާކޮށްފައެވެ. އެގޮތުން ރޭހުގެ ބައިވެރިން އެންމެ ގިނައިން ނޮމިނޭޓްކުރި ފަސް އެންޖީއޯއަކަށް ޖުމުލަ 200،000 ރުފިޔާގެ ފައިސާގެ އިނާމު ދިރާގުން ވަނީ ހުށަހަޅައިފައެވެ. އަދި ބައިވެރިންގެ ރަޖިސްޓްރޭޝަން ފައިސާގެ ބަޔަކާއި ރީތި ބިބް ނަމްބަރު ވިއްކައިގެން ލިބުނު ފައިސާ ވަނީ ރޯޑް ރޭހުގެ އެންޑޯސްޑް 12 އެންޖީއޯއަށް ހަވާލުކޮށްފައެވެ. މިގޮތުން ޓޮޕް ފަސް އެންޖީއޯތަކުގެ ތެރެއިން ކޮންމެ އެންޖީއޯއަކަށް 80،071 ރުފިޔާ އަދި ބާކީ ހަތް އެންޖީއޯގެ ތެރެއިން ކޮންމެ އެންޖީއޯއަކަށް 40،071 ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ.

21.1K– ފިރިހެން

• ސަންތޯޝް ބިކްރަމް ބިސްޓް – ޗެމްޕިއަން

• ފަޒީލް ހާރޫން – ރަނަރަޕް

• ޔޫސުފް އިބްރާހިމް – ސެކަންޑް ރަނަރަޕް

21.1K – އަންހެން

• ސަންތޯޝީ ޝްރެސްތާ – ޗެމްޕިއަން

• ޝަމްހާ އަހްމަދު – ރަނަރަޕް

• ނިޒްމީނާ އަހްމަދު – ސެކަންޑް ރަނަރަޕް

10K– ފިރިހެން

• ހުސެއިން ރިޒާ – ޗެމްޕިއަން

• މުހައްމަދު އިރުފާން – ރަނަރަޕް

• އަބްދުﷲ ނާސިހު – ސެކަންޑް ރަނަރަޕް

10K – އަންހެން

• އަނާން އަހުމަދު ރަޝީދު – ޗެމްޕިއަން

• ރަސޯނާ އަހުމަދު ވަހީދު – ރަނަރަޕް

• ޝަލްޝަލް މުބީން ޖަލީލް – ސެކަންޑް ރަނަރަޕް

5K އޯޕަން – ފިރިހެން

• ސަންތޯޝް ބިކްރަމް ބިސްޓް – ޗެމްޕިއަން

• ހުސައިން ފަޒީލް ހާރޫން – ރަނަރަޕް

• ޔޫސުފް އިބްރާހިމް – ސެކަންޑް ރަނަރަޕް

5K އޯޕަން – އަންހެން

• ސަންތޯޝީ ޝްރެސްތާ – ޗެމްޕިއަން

• ޝަމްހާ އަހްމަދު – ރަނަރަޕް

• އައިޝަތު ޖިނާނީ އިބްރާހިމް – ސެކަންޑް ރަނަރަޕް

5K ސްކޫލް 13 އަހަރުން މަތީގެ - ފިރިހެން

• އައިދް އަބްދުﷲ ރިފާއު - ޗެމްޕިއަން

• ސުހައިލް އަބްދުލް ސަމަދު – ރަނަރަޕް

• މުހައްމަދު އަޔާން ޝަފީއު – ސެކަންޑް ރަނަރަޕް

5K ސްކޫލް 13 އަހަރުން މަތީގެ - އަންހެން

• ޒީކް އަޝްރަފް – ޗެމްޕިއަން

• ތަނާ އަލީ ޝާހިން – ރަނަރަޕް

• އައިޝަތު ޒޯޔާ ހުސެއިން – ސެކަންޑް ރަނަރަޕް

5K ސްކޫލް 13 އަހަރުން ދަށުގެ - ފިރިހެން

• އިސްމާއިލް މުލްހަމް އާޒިމް – ޗެމްޕިއަން

• އިބްރާހިމް މަސްރޫރް އަހްމަދު – ރަނަރަޕް

• ޔޫއާން ހުސެއިން އިޝާން – ސެކަންޑް ރަނަރަޕް

5K ސްކޫލް 13 އަހަރުން ދަށުގެ - އަންހެން

• ކްލާރާ ސަރީނާ އާސިފް – ޗެމްޕިއަން

• އައިޝަތު ޒޯޔާ އިބްރާހިމް ސިނާން – ރަނަރަޕް

• އައިރާ މުހައްމަދު އަރްޝަދު – ސެކަންޑް ރަނަރަޕް

5K އޮފީސް/ރިސޯޓް – ޗެމްޕިއަން

އެމްއެންޑީއެފް

• އަބްދުﷲ އިބްރާހިމް

• ޝިފާޒް މުހައްމަދު

• އަބްދުﷲ ނާސިހް

• އަބްދުﷲ އިސްމާއިލް

5K އޮފީސް/ރިސޯޓް – ރަނަރަޕް

އެމްއެންޑީއެފް – ޑީއެސްސީ

• ހަސަން އަފްރާޒް

• ސަހާއު އީސާ

• ހާޒިމް ހުސައިން ޝަރީފް

• އިބްރާހިމް ޝާޒިމް

5K އޮފީސް/ރިސޯޓް – ރަނަރަޕް

ކޮންރެޑް މޯލްޑިވްސް ( ރަންގަލި ރަނާސް ޓީ-1)

• ހަސަން ފަޔާޒް މޫސާ

• އަބްދުﷲ އަޒީމް

• އަބްދުލް ރަޝީދު ހުސެއިން

• ހުސެއިން ޝަފީގް

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ކޮންމެ އަހަރަކު ބާއްވާ އެންމެ ބޮޑު ދުވުމުގެ އިވެންޓެވެ. އެގޮތުން މިއަހަރު ބޭއްވި މި ދުވުމުގެ 15 އެޑިޝަން ބާއްވާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. އެ ދުވުމުގައި 4،400 އަށްވުރެ ގިނަ ބައިވެރިން މި ދުވުމުގައި ރެޖިސްޓާ ކުރި އިރު، 41 ގައުމެއްގެ ދުވުންތެރިން ބައިވެރިވިއެވެ. އަދި 28 ސްކޫލެއްގެ ދަރިވަރުންވެސް ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި އަތޮޅުތެރޭގެ ހަތް ސްކޫލެއްވެސް ހިމެނެއެވެ.

ދިރާގު މޯލްޑިވްސްގެ ރޯޑް ރޭހުގެ 16 ވަނަ އެޑިޝަން ބާއްވާނީ އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ 24 ގައެވެ.

ޑީއެމްއާރުއާރުއަކީ ވޯލްޑް އެތުލެޓިކްސް ސެޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ.