އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް އަބްދުލް ހަސީބް އިސްމާއީލް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ރައީސްކަމުގައި ހުންނެވި ފުއާދު ތައުފީގުގެ މެންބަރު ކަމުގެ މުއްދަތު ހަމަވާތީ، ފުއާދުގެ ބަދަލުގައި އީސީގެ މެންބަރުކަމަށް ހަސީބް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރއިްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވުމުން، އެނަން ދިރާސާކުރުމަށް މަމަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވީ ހުސްވި އޮކްޓޫބަރު މަހުގެ 14 ގައެވެ.
އެކަން ދިރާސާކުރުމަށްފަހު، އީސީގެ މެންބަރުކަމުގެ މަގާމަށް ހަސީބު އައްޔަން ކުރުމަށް ކޮމިޓީން ފާސްކޮށް، މަޖިލިސް ތަޅުމަށް ކަމާބެހޭ ރިޕޯޓް ވަނީ ފޮނުވައިފައެވެ.
އެ ރިޕޯޓުގައިވާ ގޮތުގެ މަތިން ހަސީބު، އިސީގެ މެންބަރުކަމަަށް އައްޔަންކުރަން މަޖިލީހުގެ މިއަދު ފާސްކުރީ ޖަލްސާގައި ތިއްބެވި 68 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 68 މެންބަރުންގެ އިއްތިފާގުންނެވެ.
މިހާރު އީސީގެ ރައީސްގެ މަގާމުގައި ހުންނެވި ފުވާދު ތައުފީގުގެ ދައުރު ހަމަވާނީ މި ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހަށެވެ.
އީސީގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމު މިހާރު އަދާކުރައްވަމުން ގެންދަވާ ހަސީބު ވަނީ މީގެ ކުރިން މާލީ ވުޒާރާ އާއި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ އިސް މަގާމުތަކެއްވެސް ފުރުއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު