އިންޑިއާގައި ފުރި ބާރުވެފައިއޮތް ބަހެއް މަގުން ކައްސާލައި ހިނގިހާދިސާއެއްގައި 36 މީހަކު މަރުވެއްޖެއެވެ.
އިންޑިއާގެ އުތުރުގެ ސަރަހައްދުގައި ނުގަވައިދުން މީހުން އަރުވައި ފުރި ބާރުވެފައި އޮތް އެ ބަސް މަގުން ކައްސާލުމާއެކު އެ ސަރަހައްދުގައި އޮތް ކޯރަކަށް ވެއްޓިފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ބަހުން ދަތުރުކުރި 60 މީހުންގެ ތެރެއިން 36 މީހަކު މަރުވެފައިވާއިރު ގިނަ ބަޔަކަށް އެކިވަރުގެ އަނިޔާވެފައި ވާކަމަށް ރިޕޯޓުތައް ބުނެއެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދީން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އިންޑިއާގެ އުތުރުން އޮންނަ އުއްތަރަކަންދް ސްޓޭޓްގެ ފަރުބަދަމަތީ އަލްމޯރާ ޑިސްޓްރިކްޓްގައި ހިނގި މި ހާދިސާގައި ދަތުރު ކުރި އެ ބަހަކީ މަރާމާތު ނުކޮށް ގިނަދުވަސްތަކެއް ވެފައިވާ ބަހެއް ކަމަށާއި އެއީ ބާވެ ބޭނުންކުރުން ރައްކާތެރި ނޫން ބަހެއް ކަމަށްވެސް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ