ޕާކިސްތާނުގައި ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވެއްޖެއެވެ.
ޕާކިސްތާނުގެ ވެރިރަށް ލާހޯރުގެ ވައި ނުސާފުވެ އެކަމުގެ ނުރައްކާ ބޮޑުވުމުގެ ސަބަބުން ހޯމަދުވަހުން ފެށިގެން އެ ގައުމުގެ ގިނަ އޮފީސްތަކަކުން ގޭގައި ތިބެގެން މަސައްކަތް ކުރާގޮތަށް ވަނީ ބަދަލުކޮށްފައެވެ.
ލާހޯރުގެ ސަރުކާރުން ވަނީ އެ ސަރަހައްދުގެ ވެހިކަލްތަކުގެ ތެރެއިން، ފިލްޓަރު ނުހުންނަ ސައިލެންސަރު ހުންނަ ވެހިކަލްތައް ދުއްވުންވެސް މަނާކޮށްފައެވެ.
ވައި ނުސާފުވުމުގެ ސަބަބުން ލާހޯރުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެ ސިޓީގެ ޕްރައިމަރީ ސްކޫލްތަކުގެ ކިއެވުން ވަނީ މަޑުޖައްސާލާފައެވެ. މީގެ އިތުރުން އެހެން ގްރޭޑްތަކުގެ ސްކޫލުތަކުގެ ކުދީންވެސް މާސްކް އަޅައިގެން ދިއުމަށް ވަނީ މަޖުބޫރުކޮށްފައެވެ.
އެއާ ކޮލިޓީ އިންޑެކްސްގައި ޕާކިސްތާނުގެ ވައިގެ ހާލަތު ވަނީ އެންމެ ނުރައްކާ އަދަދު ކަމުގައިވާ 300 އިން މައްޗަށް ޖެހި 1000 އަށް އަރާފައި ކަމަށް ހިސާބުތަކުން ދައްކައެވެ.
ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގެ ވައިގެ ނުސާފުވުން ދަށް ކުރުމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން މަގުތަކަށް ފޮގް ކުރުމުގެ މަސައްކަތް ކުރަން ފަށާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ