ޓޮމް ކްރޫޒްއަކީ ފިލްމީ ދާއިރާގައި މަސައްކަތްކުރާ އެންމެ ކާމިޔާބު ތަރީންގެ ތެރެއިން އެކެކެވެ. 1990 ވަނަ އަހަރު ނެރެފައިވާ އޭނާގެ ފިލްމު "ޑޭސް އޮފް ތަންޑާ" ގެ ސީކުއިލެއް ހެދުމާ ބެހޭގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ދާދި ފަހުން ރިޕޯޓުތައް ވަނީ ބުނެފައެވެ.

"ދަ ހޮލީވުޑް ރިޕޯޓާ"ގެ ރިޕޯޓެއްގައިވާ ގޮތުން، މި ފިލްމުގެ ދެވަނަ ބައި ހެދުމާ ބެހޭގޮތުން މަޝްވަރާ ކުރަމުން އަންނަނީ ޕެރަމައުންޓާއާ އެކުއެވެ.

ޓޮމް މިވަގުތު ގެންދަނީ އަލެހާންޑްރޯ ޖީ. އިނާރިޓޫގެ "ދަ ރެވެނަންޓް" ފިލްމުގެ ޝޫޓިން ފެށުމަށްވެސް ތައްޔާރުވަމުންނެވެ. މީގެ އިތުރުން އޭނާގެ އެންމެ މަގުބޫލު ފިލްމު "މިޝަން އިމްޕޮސިބަލް" ސިލްސިލާގެ އިތުރު ފިލްމުތަކެއްވެސް އުފައްދަން އަންނަނީ ވިސްނަމުންނެވެ.

"އޭނާ [ޕެރަމައުންޓާއެކު] ޓޮޕް ގަން އަދި ޑޭސް އޮފް ތަންޑާ އާ ބެހޭގޮތުން ވާހަކަދައްކަމުންދޭ. އެންމެ ފުރަތަމަ ސްކްރިޕްޓެއް ތައްޔާރުވާ ގޮތަކަށް ކަންތައްތައް ކުރިއަށްދާނީ. މިކަން ބިނާވެގެންދާނީ އައިޑިއާ އަދި އެންމެ ފަހުން ސްކްރިޕްޓަށް. [ޑޭސް އޮފް ތަންޑާގެ ދެވަނަ ބައެއް] އެއީ ނުބައި ހިޔާލެއް ކަމަކަށް އަހަރެންނަކަށް ހީއެއް ނުވޭ. ޓޮޕް ގަން އަލުން އާކުރުމަކީ ނުބައި ހިޔާލެއް ކަމަށް ބުނެފާނެ. އަހަރެންނަކަށް ހީއެއްނުވޭ." ދަ ހޮލީވުޑް ރިޕޯޓަރަށް މައުލޫމާތު ހިއްސާކުރި ޕެރަމައުންޓް ސްޓޫޑިއޯގެ އޮފިޝަލަކު ބުނެފައިވެއެވެ.

ކްރިސްޓޮފާ މެކްކުއަރީ ޑައިރެކްޓްކުރާ "މިޝަން: އިމްޕޮސިބަލް" ގެ އަށްވަނަ ބައި ނެރުމަށް ޓޮމް ކްރޫޒް ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ. 400 މިލިއަން ޑޮލަރުގެ ބަޖެޓެއްގައި ހަދަމުން އަންނަ މި އެކްޝަން ފިލްމުގެ އުފެއްދުންތެރިކަމުގައި ގިނަ ލަސްވުންތަކެއް ދިމާވެފައިވެއެވެ.

މިބައިން މި ސިލްސިލާ ނިންމާލުމަށް އުފައްދާ ފަރާތްތަކުން ރާވަމުން އަންނައިރު، ޓޮމް ކްރޫޒް އެކަމަށް ޝައުގުވެރިކަމެއް ނުދައްކައެވެ. އޭނާ ވިސްނަނީ މި ސިލްސިލާގެ އިތުރު ފިލްމުތަކެއް ހެދުމަށެވެ. މިދިޔަ އަހަރު އޭނާ ބުނެފައިވާ ގޮތުގައި އުމުރުން 80 އަހަރުވީކަމުގައިވިޔަސް އީތަން ހަންޓުގެ ރޯލު އަދާކުރަން ބޭނުންވެއެވެ.

އަށްވަނަ ބަޔަކީ "މިޝަން: އިމްޕޮސިބަލް - ޑެޑް ރެކޮނިންގ ޕާޓް ވަން" ގެ ސީދާ ދެވަނަ ބައެވެ. 2023 ވަނަ އަހަރުގެ ފިލްމުގައި ޓޮމް ވަނީ މައިގަނޑު ދައުރު ކަމުގައިވާ އީތަން ހަންޓްގެ ގޮތުގައި އަނބުރާ އައިސްފައެވެ. ފިލްމުގެ ޓްރެއިލާއިން މުސްތަގުބަލުގައި އިތުރު "މިޝަން: އިމްޕޮސިބަލް" ފިލްމުތަކުގެ ކަންތައް އޮންނާނެ ގޮތް ސާފުވެގެންދާނެއެވެ.