ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޭ ޑޮލަރުގެ ލިމިޓް 1،200 ޑޮލަރަށް އިތުރުކުރަން ބޭނުންވާ ދަރިވަރުން ރަޖިސްޓާ ކުރަން ހާއްސަ ޕޯޓަލެއް ތައާރަފުކޮށްފިއެވެ.

ބީއެމްއެލުން މިއަދު ބުނީ އެ ޕޯޓަލްގައި ދަރިވަރުން ރަޖިސްޓްރީ ވުމަށް ޕާސްޕޯޓާއި ސްޓޫޑަންޑް ވިސާ އާއި ޔުނިވާސިޓީ އެންރޯލްމެންޓް ލެޓާ ބޭނުންވާނެ ކަމަށެވެ. ޑޮަލަރު ލިމިޓް އިތުރުކުރުމަށް ނަގާނީ މަސައްކަތު އެއް ދުވަސް ކަމަށް ބީއެމްއެލުން ބުންޏެވެ.

ޕޯޓަލްގައި ރަޖިސްޓާވުމުން ޑެބިޑް ކާޑުގެ ލިމިޓު 1،200 ޑޮލަރަށް އިތުރުވާނެ ކަމަށް އަދި މޯބައިލް އެޕްލިކޭޝަނަށް ނޯޓިފިކޭޝަން ލިބިގެންދާނެ ކަމަށެވެ.

ދަރިވަރުންނަށް ދޭ ލިމިޓު، އެ ދަރިވަރަކު ކިޔަވާ ގައުމުގައި ބޭނުން ކުރަން ލިބޭ އިރު، ކަނޑައަޅާފައިވާ ލިމިޓުގެ ތެރެއިން 250 ޑޮލަރު އެހެން ގައުމެއްގައި ބޭނުން ކުރަން ލިބޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލް އިން ކިޔަވާ ކުދިންގެ ލިމިޓު ބޮޑުކޮށްދިނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ.