މަސްވެރީންނަށް ދޭންޖެހޭ ފައިސާގެ ބެކްލޮގް މާދަމާއަށް ކްލިއާ ކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަސްވެރިން ވިއްކި މަހަށް ދައްކަންޖެހޭ ފައިސާ ދައްކާ ނިމޭނެ ދުވަހަކާ ގުޅޭ ގޮތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޝިޔާމް ވިދާޅުވީ، މަޖިލީހުގެ އެ ސުވާލަށް ޖަވާބު ދެއްވަމުން ގެންދަވާއިރު، ފިނޭންސް މިނިސްޓްރީން އެ ފައިސާ ޖަމާކޮށްދެއްމުންދާނެ ކަމަށެެވެ. އެ ހުރިހާ ފައިސާއެއް މާދަމާގެ ނިޔަލަށް ދީ، އެންމެ ފަހުގެ ބެކްލޮގް އެއްކޮށް ކްލިއާ ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، މިހާރު މަސްވެރިންނަށް ނުދެއްކި ބާކީ ހުރީ 16 މިލިއަން ރުފިޔާ ކަމަށެވެ.
"މިހާރު މަސްވެރިންނަށް ނުދެވި އިން ފައިސާއެއް ވެއްޖެއްޔާ، މަސް ކިރާފައި މަސް ގަނެފައި ނުދެވިފައި އިން ފައިސާއެއް ވެއްޖެއްޔާ މާދަމާއަށް ހިސާބަށް ލިބިގެންދާނެ،" ޝިޔާމް ވިދާޅުވިއެވެ.
މަސްވެރިން ބާނާ މަސް ގަތުމަށްފަހު 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު