މަސް ރައްކާކުރާ ކެޕޭސިޓީ މި ސަރުކާރުން 25،000 ޓަނަށް އިތުރު ކުރައްވާނެ ކަަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި މިހާރު ޖުމްލަ ހިމެނެނީ 8500 ޓަނުގެ ކެޕޭސިޓީ ކަމަށެވެ. ނަމަވެސް މިއީ 250 މިލިޔަން ރުފިޔާގެ މަސް ސްޓޯ ކުރެވޭނެ ކެޕޭސިޓީއެއް ނޫން ކަމަށެވެ.
މިނިސްޓަރު ވަނީ ބައެއް ރަށްރަށުގައި ގާއިމު ކުރަން ހަމަޖެހިފައިވާ މަސް ރައްކާކުރުމުގެ ސްޓޯރޭޖްތަކާބެހޭ މައުލޫމާތުވެސް ހިއްސާ ކުރައްވައިފައެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ، އައްޑޫ ސިޓީ ފިޝަރީޒް ކޮމްޕްލެކްސްގެ ކެޕޭސިޓީ ބޮޑުކުރުމަށް ބޭނުންވާ ފައިސާވެސް ލިބިފައިވާ ކަމަށެވެ.
އެހެންކަމުން އަންނަ އަހަރުގެ ކުރީކޮޅު އެތަނުގެ މަސައްކަތް ފަށައި، އެ އަހަރުގެ ފަހުކޮޅު ނުވަތަ 2026 ވަނަ އަހަރުގެ ކުރީކޮޅު އެ މަސައްކަތް ނިންމައިލެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެކަމުގެ ސަބަބުން މިހާރު އެތަނުގައި މަސްތަތް ކުރުމުގެ ކެޕޭސިޓީ 1500 ޓަނުން 2500 ޓަނަށް އިތުރުވެގެންދާނެ ކަމަށެވެ. އަދި ބްރައިން ފްރީޒިން ކެޕޭސިޓީ 50 ޓަނުން 100 ޓަނަށް އިތުރު ކުރެވި، ދުވާލެއްގެ މައްޗަށް 100 ޓަނުގެ މަސް ގަނެވޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު