ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ޓެންޒެނިޔާއަށް ވަޑައިގެންފިއެވެ.

އެކަމަނާ ޓެންޒެނިޔާއަށް ވަޑައިގެންފައިވަނީ މިރޭގެ ވަގުތެއްގައެވެ. އެކަމަނާއަށް އެގައުމުން މަރުހަބާ ވިދާޅުވީ އެގައުމުގެ ޑެންޑާ އެންޑް ޑެވެލޮޕްމެންޓް މިނިސްޓަރު ރިޒީކީ ޖޫމާއެވެ.

ރައީސް އޮފީހުން ދެންމެ ބުނީ މި ދަތުރުފުޅަކީ އެކަމަނާ މެކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީގެ 11 ވަނަ އަހަރީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅުގައި ކޮންފަރެންސްގެ މަތީފަންތީގެ ފަސްޓް ލޭޑީސް ޕެނަލާއި މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް ކޮމިޓީ ބައްދަލުވުމުގައި ވެސް އެކަމަނާ ވާހަކުފުޅު ދައްކަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މާދަމާ އިން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރެންސްގެ 11 ވަނަ ބައްދަލުވުމުގައި އަންހެނުން ބާރުވެރިކުރުވުމާއި ބަލިތައް މެނޭޖުކުރުމާއި އެފްރިކާ އާއި އޭޝިއާގެ އެކި ކަންކޮޅުތަކުގައި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ފުޅާކުރުން ފަދަ މައުލޫތަކާ ގުޅޭ މުހިންމު މަޝްވަރާތައް ކުރިއަށްދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.