މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ބޯޑުން އިބްރާހިމް ނޫރައްދީން، މިދިޔަ ބުރާސްފަތި ދުވަހު ވަކިކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)ގެ ރައީސް ހަމްދީ އަގީލް ވަނީ އެމްއޭސީއެލްގެ ބޯޑުން ނޫރައްދީން ވަކިކޮށްފައިވާކަން "ވަން"އަށް ކަށަވަރުކޮށްދެއްވައިފައެވެ. ނަމަވެސް އޭނާ ވަކިކުރި ސަބަބެއް ސާފެއް ނޫނެވެ.
ނޫރައްދީންއަކީ މާޗް، 2019 އިން ފެށިގެން އެމްއޭސީއެލްގެ ބޯޑުގައި އިންނަވާ ބޭފުޅެކެވެ.
ނޫރައްދީން އެމްއޭސީއެލްގެ ބޯޑުން ވަކި ކުރި އިރު، މިދިޔަ ފެބްރުއަރީ މަހު މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވަނީ އެމްއޭސީއެލްގެ ބޯޑުން އިސްތިއުފާ ދެއްވައިފައެވެ.
ނޫރައްދީން ވަނީ މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން އެމްއޭސީއެލްގެ ބޯޑު މެންބަރުކަން ކުރައްވައިފައެވެ.
ނޫރައްދީނަކީ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ވެސް ޑިރެކްޓަރެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު