މިއަހަރަކީ އެކްޓަރު އަޖޭ ދޭވްގަންއަށް ކާމިޔާބު އަހަރެކެވެ. މިއަހަރުގެ މިހާތަނަށް ދެ ފިލްމު ރިލީސްކޮށްފައިވާއިރު އިތުރު ދެ ފިލްމެއް ރިލީސްކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
އެގޮތުން މިއަހަރުގެ ކުރީކޮޅު، އޭނާ ވަނީ "ޝައިތާން" އަދި "މައިދާން" އިން ފެނިފައެވެ. ދެން އަންނަ ފިލްމަކީ ރޯހިތު ޝެޓީ ޑައިރެކްޓްކުރާ ފުލުހުންގެ އެކްޝަން ޑްރާމާ "ސިންގަމް އަގެއިން" އެވެ. ޓްރެއިލާ ނެރުނުތާ މިހާރު ވަނީ ދުވަސްކޮޅެއް ވެފައެވެ. ޓްރެއިލާއަށް ގިނަ ބައެއްގެ ތަރުހީބު ލިބުނުރިއު ފާޑުކީ މީހުންވެސް މަދެއް ނޫނެވެ.
މި ހުރިހާ ކަމެއްގެ ތެރެއިން އިތުރު އަޕްޑޭޓެއްވެސް އެބައޮތެވެ. އަޖޭގެ ކުރީގެ ފިލްމުތަކުގެ ތެރެއިން އެއް ފިލްމު ރިލީސްކުރަން ނިންމުމެވެ. މިއީ މީގެ 10 އަހަރު ކުރީން އަނީސް ބަޒްމީ ޑައިރެކްޓްކުރަން ފަށާފައިވާ، ލީޑު ރޯލުން އަޖޭ ފެނިގެންދާނެ ފިލްމެކެވެ.
ރިޕޯޓުތަކުގައިވާ ގޮތުން، މި ފިލްމު ނެރުން ލަސްވެފައިވަނީ ޕްރޮޑިއުސަރުންގެ ތެރެއިން އެކަކު މަރުވުމާ ގުޅިގެންނެވެ. އޭގެ ފަހުން، ޑިސްޓްރިބިއުޓަރުން ހޯދުމަށް ދަތިތަކާ ކުރިމަތިވިއެވެ. މިހާރު ފައިނޭންޝަލް ބެކިން ލިބިފައިވާތީ، މި ފިލްމު 22 ނޮވެމްބަރު 2024 ގައި ސިނަމާތަކުގައި އަޅުވާނެއެވެ. މާނައަކީ މިއަންނަ މަހު އަޖޭގެ ދެ ފިލްމެއް ނުކުންނާނެއެވެ. މިއާއިއެކު މިއަހަރު އޭނާގެ ފިލްމުތަކުގެ އަދަދު ހަތަރަށް އަރާނެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން