ރަށްރަށުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ވަރުގަދަ އޮޕަރޭޝަނެއް ފަށައިފިއެވެ.
އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެންމެ ފުރަތަމަ އެ އޮޕަރޭޝަން ފެށީ ކ. ގުރައިދޫގައި ކަމަށެވެ. އެއީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އެގޮތުން މީގެ ދެ ދުވަސްކުރިން އެ ރަށުގައި ފެށި އޮޕަރޭޝަންގައި 42 ތަނެއް ބަލައި ފާސްކޮށް 100 އަށް ވުރެ ގިނަ ބިދޭސީން ޗެކްކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ގަވައިދާ ހިލާފަށް އުޅުނު 39 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.
އިމިގްރޭޝަނުން ބުނީ އެ އޮޕަރޭޝަނުގެ މަގުސަދަކީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނާއި ގަވައިދާ ހިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުން ކަމަށެވެ.
އިމިގްރޭޝަނުން ބުނީ ގުރައިދޫން އެ އިދާރާގެ ބެލުމުގެ ދަށަށް ގެނައި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް އާއި ނޭޕާލް އާއި ސްރީލަންކާ އަދި އިންޑިއާގެ އިތުރުން ނައިޖީރިއާ މީހެއް ކަމަށެވެ.
ގުރައިދޫގައި ފެށި އޮޕަރޭޝަނުގައި އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އިމިގްރޭޝަންގެ 20 އޮފިސަރަކާއި ފުލުހުންގެ ނުވަ އޮފިސަރެއްގެ އިތުރުން ގުރައިދޫ ކައުންސިލުން ވެސް ވަނީ މިކަމުގައި ބައިވެރިވެފައި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ންޓްރޯލައާ ހަވާލާދީ އިމިގްރޭޝަނުން ބުނީ މިއީ މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް އޮޕަރޭޝަންތައް ފެށުމާ އެކު އަތޮޅުތަކަށް ދިޔަ ބިދޭސީން އެކި ރަށްތަކުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގިނަވެފައިވާކަމުގެ ޝަކުވާތައް އާންމުންގެ ފަރާތުން ލިބެމުން ދިއުމާއި ގުޅިގެން އަތޮޅުތަކަށް މި އޮޕަރޭޝަން ފުޅާކުރަން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފެށުމެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު