ހަށިގަނޑު ދުޅަހެޔޮކޮށް ބެލެހެއްޓުމަށް ގެންނަ ބަދަލުތަކަކީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް، އަހަރުތަކެއްގެ ތެރޭގައި ބޮލީވުޑްގެ ގިނަ ތަރީން ސާބިތުކޮށްދީފައިވަނީ މިކަމަށް ފުރިހަމައަށް މަސައްކަތްކޮށްފިނަމަ މިއީ ހާސިލުކުރެވޭނެ ކަމެއްކަމެވެ. ސާރާ އަލީ ޚާން، ސޯނަމް ކަޕޫރު، ފަރުދީން ޚާން ފަދަ ތަރީން ދައްކުވައިދީފައިވަނީ ރަނގަޅު ކާނާއާއި ކަސްރަތުން ހަށިގަނޑަށް ކިހާ ބޮޑު ބަދަލެއް ގެނެވިދާނެކަމެވެ. ބޭނުންވަނީ ވަރުގަދަ އަޒުމަކާއި ހިތްވަރެއް ކަމެވެ.
2007 ވަނަ އަހަރު ސަންޖޭ ލީލާ ބަންސާލީގެ "ސާވަރިޔާ" ފިލްމުން ފިލްމީ ދުނިޔެއަށް ނުކުތުމުގެ ކުރިން، ސޯނަމް ކަޕޫރު ނިންމީ އޭނާގެ ބަރުދަން ވަރަށް ބޮޑަށް ލުއިކުރުމަށެވެ. އޭނާގެ ހަށިގަނޑަށް ގެނައި ބަދަލުގެ ތެރޭގައި 35 ކިލޯގެ ބަރުދަން ލުއިކުރިއެވެ. ސޯނަމްއަށް ޕީސީއޯޑީ (ޕޮލިސިސްޓިކް އޮވޭރިއަން ބަލި) ޖެހިފައިވުމާއެކު، 19 އަހަރުގައި އޭނާގެ ބަރުދަން ހުރީ 89 ކިލޯގައެވެ.
ސާރާ އަލީ ޚާން ވެސް އޭނާއަށް ދިމާވި ޕީސީއޯޑީގެ ދަތިތަކާ ބެހޭގޮތުން "ކޮފީ ވިތް ކަރަން" ޕްރޮގްރާމުގައި އަހަރުތަކެއް ކުރީން ވާހަކަދެއްކިއެވެ. އޭނާ ބަރުދަން އިތުރުވެފައި ހުރި ދުވަސްވަރުގެ ވީޑިއޯއެއްވެސް ދެއްކިވެ.
އެކްޓިން ދާއިރާގެ ހުވަފެންތަކަށް ފުރުސަތު ދިނުމަށްޓަކައި، ސާރާ 40 ކިލޯގެ ބަރުދަން ލުއިކުރިއެވެ. އޭރު އޭނާ ކޮންމެ ދުވަހަކު ޖިމުން ފެނެއެވެ.
އެއްޒަމާނެއްގައި ބޮލީވުޑްގެ އެންމެ ރީތި ޒުވާން ތަރީންގެ ތެރެއިން އެކެއް ކަމުގައި ބެލެވުނު ފަރުދީންގެ ބަރުދަން އިތުރުވުމާ ގުޅިގެން ވަރަށް ބޮޑަށް ފާޑުކިޔުންތައް ކުރިމަތިވިއެވެ. އެކްޓިން ދާއިރާއަށް އަނބުރާ އައުމަށްޓަކައި، އިތުރުވެފައިވާ ބަރުދަަރުދަން މުޅިން ލުއިކޮށް ކުރީގެ ދުޅަހެޔޮ ހާލަތަށް އޭނާ އެނބުރި އައެވެ. ރިޕޯޓުތަކުގައިވާ ގޮތުން އެންމެ 6 މަސްދުވަހުގެ ތެރޭގައި 18 ކިލޯ ބަރުދަން ލުއިކުރިއެވެ.
އަޝިޝް ޗަންޗަލާނީއަކީ އިންޑިއާގެ މަޝްހޫރު ޔޫޓިއުބަރެއްގެ އިތުރުން ސޯޝަލް މީޑިއާ އިންފްލުއެންސަރެކެވެ. އޭނާ ވެސް ހަށިގަނޑަށް ވަރަށް ބޮޑު ބަދަލެއް ގެނެސްފައިވެއެވެ. އޭނާގެ ބަރުދަން ލުއިކުރުމުގެ ދަތުރު ވަރަށް ގިނަ ބަޔަކަށް ފިލާވަޅަކަށް ވެފައިވެއެވެ.
އަޝިޝް ކުރިން ވަރަށް ބަރު މީހެއްގެ ގޮތުގައި ހުރިއިރު، އޭނާ ވަނީ ގާތްގަނތްގަނޑަކަށް 30 ކިލޯއާ ގާތްކުރާ މިންވަރަކަށް ބަރުދަން ލުއިކޮށްފައެވެ. މި ބަދަލު ގެނައުމަށްޓަކައި އޭނާ ވަރަށް ބުރަ މަސައްކަތްތަކެއް ކުރިއެވެ. އޭނާއަށް މިކަމުގެ ލަފާ ލިބުނީ ޝާހުރުކް ޚާންގެ ހަރުދަނާ ފިޓްނަސް އުސޫލުތަކުންނެވެ. ޕާޓީއެއްގައި ޝާހު ބައްދަލުވުމަށްފަހު، އޭނާއަށް ބަރުދަން ލުއިކުރުމަށް އަމާޒު ހިފުމަށް ހިތްވަރުދިނުމާ ގުޅިގެން، ޗަންޗަލާނީ ނިންމީ މިކަމަށް ފިޔަވަޅު އެޅުމަށެވެ. އޭނާ ފެށީ ހަރުކަށި ރޫޓީނެއްގައި ހަރަކާތްތެރިވާށެވެ. މީގެ ތެރޭގައި ހިމެނެނީ ބުރަ ކަސްރަތުތަކާއި، ކާޑިއޯ އަދި ބާރު އިތުރުކުރުމުގެ ތަމްރީނުތަކެވެ. މިކަމުގެ ސަބަބުން އޭނާގެ ހަށިގަނޑަށް ވަރަށް ބޮޑު ބަދަލެއް އައެވެ.
ބޫމީ ޕެޑްނޭކަރަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސްއެކެވެ. އޭނާގެ ހަށިގަނޑަށް ގެނެސްފައިވާ ބޮޑު ބަދަލާ ގުޅިގެން ވަރަށް ބޮޑަށް މަޝްހޫރުވެފައިވެއެވެ.
ބޫމީ އޭނާގެ ފުރަތަމަ ފިލްމު "ދަމް ލަގާ ކޭ ހައިޝާ" އަށްޓަކައި 20 ކިލޯއެއްހާ ބަރުދަން އިތުރުކުރިއެވެ. މި ފިލްމުގައި އޭނާ ކުޅުނީ ބަރުދަން ބޮޑު އަންހެނެއްގެ ދައުރެވެ. ފިލްމުގެ ޝޫޓިން ނިމުމަށްފަހު، އޭނާ ނިންމީ އަނެއްކާވެސް ބަރުދަން ލުއިކުރުމަށެވެ.
އެގޮތުން 33 ކިލޯ ލުއިކުރިއެވެ. މިކަމަށްޓަކައި އޭނާ ވަރަށް ހަރުދަނާ ކާނާގެ ރޫޓީންނަކާއި ކަސްރަތުގެ ޕްރޮގްރާމެއް ފަރުމާކުރިއެވެ. ކެއުމުގައި ވަރަށް ބޮޑަށް ސަމާލުކަން ދިނެވެ. އަދި ކޮންމެ ދުވަހަކު ކަސްރަތުކުރުމަށް އިސްކަންދިނެވެ.
ބޫމީގެ މި ބަދަލަކީ އޭނާގެ ކެރިއަރަށް ވެސް ވަރަށް ބޮޑު ފައިދާއެއް ކުރި ކަމެކެވެ. މިކަމުގެ ސަބަބުން އޭނާއަށް އިތުރު ގިނަ ފިލްމުތަކުން ފުރުސަތު ލިބުނެވެ.
ސޮނަކްޝީ ފިލްމީ ދުނިޔެއަށް ނުކުތުމުގެ ކުރިން، އޭނާގެ ބަރުދަން ހުރީ ގާތްގަނޑަކަށް 90 ކިލޯގައެވެ. ފުރަތަމަ ފިލްމު "ދަބަންގް" އަށް ތައްޔާރުވުމަށްޓަކައި، އޭނާ 30 ކިލޯ ލުއިކުރިއެވެ. މިއީ އޭނާގެ ކެރިއަރަށް ވަރަށް މުހިންމު ބަދަލެއް ކަމުގައި ވިއެވެ.
ސޮނަކްޝީ މި ބަދަލު ގެނައުމަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރިއެވެ. ކެއުމުގެ އާދަތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގަވައިދުން ކަސްރަތުކުރަން ފެށިއެވެ. ޔޯގާ އާއި ކާޑިއޯ އެކްސަސައިޒްތަކަށް ވަރަށް ބޮޑު އިސްކަމެއް ދިނެވެ.
ސޮނަކްޝީ އޭނާގެ މި ތަޖުރިބާއާ ގުޅޭގޮތުން ވަރަށް ގިނަ ފަހަރު ވާހަކަދައްކާފައިވެއެވެ. އެހެން މީހުނަށް ވެސް ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ހިތތްވަރުދީފައިވެއެވެ. އޭނާ ބުނެފައިވަނީ ބަރުދަން ލުއިކުރުމަކީ ހަމައެކަނި ރީތިވުމަށް ކުރާ ކަމެއް ނޫންކަމަށާއި، މިއީ ސިއްހަތަށް ވަރަށް މުހިންމު ކަމެއްކަމަށެވެ.
"ލޭޑީސް ވަރސަސް ރިކީ ބާލް" ފިލްމުން ބޮލީވުޑަށް ތަޢާރަފުވުމުގެ ކުރިން، ޕަރިނީތި ޗޯޕްރާގެ ބަރުދަން ވަރަށް މަތިވެފައި ހުއްޓެވެ. ނަމަވެސް، ފިލްމުތަކަށްޓަކައި އޭނާ ވަރަށް ބޮޑަށް ބަރުދަން ލުއިކުރިއެވެ. ފަހުން ރިލީސްކުރި ފިލްމު "އަމަރު ސިންގް ޗަމްކީލާ" ފިލްމަށްޓަކައި އޭނާ 15 ކިލޯ ބަރުދަން އިތުރުކުރިއެވެ. އަދި މިހާރު އަނެއްކާވެސް ބަރުދަން ލުއިކުރުމުގެ ދަތުރެއް ފަށާފައިވެއެވެ.
ޕަރިނީތި މި ބަދަލު ގެނައުމަށްޓަކައި ހާއްސަކޮށް ކާޑިއޯ އެކްސަސައިޒްތަކަށާއި ބާރު އިތުރުކުރުމުގެ ތަމްރީނުތަކަށް ވަރަށް ބޮޑު އިސްކަމެއް ދެއެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް