ބޫޓާންގައި ކުރިއަށްދާ ޓީ20 ކުއަޑްރަންގިއުލާ ކްރިކެޓް މުބާރާތުގެ ފައިނަލް މެޗު ނުކުޅެވި، ތައިލެންޑަށް ޗެމްޕިއަންކަން ދީފިއެވެ.
ތައިލެންޑަކީ ޗެމްޕިއަން ޓީމުގެ ގޮތުގައި ކަނޑައެޅީ ވިއްސާރައިގެ ސަބަބުން މެޗު ނުފެށި ދިގުލައިގެން ދިއުމުގެ ސަބަބުން ޑަކްވޯތް ލެވިސް ސްޓާން (ޑީއެލްއެސް) މެތަޑުންނެވެ. އެއީ ތައިލެންޑަކީ ލީގު ބުރުގެ އެއްވަނަ ޓީމަށްވެފައި، އެ ޓީމުން ކުރިން ކުޅުނު މެޗުގައި ރާއްޖެ ބަލިކޮށްފައި އޮތުމުންނެވެ.
މިފަހަރުގެ މުބާރާތަކީ ރާއްޖެއަށް ކާމިޔާބު މުބާރާތެކެވެ. ލީގު ބުރުގައި ރާއްޖެ އިން އިންޑޮނޭޝިއާ ބަލިކުރި އިރު، ސެމީ ފައިނަލުގައި ހޯސްޓް ބޫޓާންވެސް ބަލިކުރިއެވެ. ބޫޓާންގެ ގެލެފޫ އިންޓަނޭޝަނަލް ކްރިކެޓް ގްރައުންޑް ހުޅުވުމަށް ބޭއްވި މުބާރާތުގައި ރާއްޖޭގެ ޔޫސުފް އަޒްޔާން ފަރުހަތު ވެފައިވަނީ އެންމެ ގިނަ ލަނޑު ހެދި ކުޅުންތެރިޔާއަށެވެ. އެއީ 184 ލަނޑާއެކުގައެވެ. އޭނާއަކީ މުޅި މުބާރާތުގެ ތިންވަނައަކަށް އެންމެ މޮޅު ކުޅުންތެރިޔާއެވެ.
އޭގެ އިތުރުން އުކުމުގައި އިބްރާހީމް ރިޒާން ތަފާތު ދައްކާފައިވާ އިރު، ޖުމުލަ އަށް ވިކެޓާއެކު އޭނާ ވަނީ އެންމެ ގިނަ ވިކެޓް ނެގި ކުޅުންތެރިންގެ ލިސްޓްގައި ހިމެނިފައެވެ. އެއީ އަށް ވިކެޓް ނަގައިގެންނެވެ. އޭނާއަކީ މުބާރާތުގައި ހަތަރު ވަނައަކަށް އެންމެ މޮޅު ކުޅުންތެރިޔާއެވެ.
ކްރިކެޓް
ކްރިކެޓް
ކްރިކެޓް
ކްރިކެޓް