އެންޖެލީނާ ޖޯލީ، އޭނާގެ ކުރީގެ ފިރިމީހާ ބްރެޑް ޕިޓް އާއެކު ދިގުލައިގެންދާ ގާނޫނީ މައްސަލައިގެ ސަބަބުން މާލީ ދަތިތަކެއް ކުރިމަތިވެފައިވާ ކަމުގެ އަޑުތަކެއް ފެތުރެން ފަށައިފިއެވެ.

އެ އަޑުތައް ފެތުރެން ފެށީ ޖޯލީ ވިންޓޭޖް ފެރާރީ ކާރެއް 1.3 މިލިއަން ޑޮލަރަށް ވިއްކަން ލިސްޓްކުރުމާ ގުޅިގެންނެވެ.

ޖޯލީ މި ފިޔަވަޅު އަޅާފައިވަނީ ބްރެޑް ޕިޓް އަދި އޭނާގެ ތުހުމަތުކުރެވޭ އަނިޔާވެރިކަމާ ގުޅޭ ދައުވާއެއް ދޫކޮށްލިތާ މަދު ހަފުތާތަކެއްގެ ތެރޭގައެވެ. އޭނާ ކުރީން ވަނީ 2016 ގައި ހިނގި އަމިއްލަ ޖެޓް ހާދިސާއާ ގުޅޭ ލިޔެކިޔުންތައް ހޯދަން މަސައްކަތްކޮށްފައެވެ. ޖޯލީ ވަނީ އެފްބީއައި އިން މި ތުހުމަތުތަކާ ގުޅޭގޮތުން ކުރި ތަހުގީގާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ނަން ހާމަނުކޮށް ފްރީޑަމް އޮފް އިންފޮމޭޝަން އެކްޓްގެ ދަށުން އެދިފައެވެ.

ޕިޓް ޖޯލީ އަދި އެ ދެމީހުންގެ ދަރީންނާ ދެކޮޅަށް އަނިޔާވެރިވި ކަމަށް ރިޕޯޓު ކުރެވުނެވެ. ޖޯލީ ބުނެފައިވަނީ ޕިޓް ދަރީންގެ ތެރެއިން އެކެއްގެ ކަރުގައި ހިފައި، އަނެއް ދަރިފުޅުގެ މޫނުގައި ޖެހި ކަމަށެވެ. އޭގެ ފަހުން، އެފްބީއައި އާއި ލޮސް އެންޖެލެސް ކައުންޓީގެ ކުޑަކުދީންނާއި އާއިލާގެ ކަންކަމާބެހޭ ޑިޕާޓްމަންޓުން ތަހުގީގެއް ފެށި ނަމަވެސް، ޕިޓްގެ މައްޗަށް ދައުވާއެއް ނުކޮށް މައްސަލަ ދޫކޮށްލާފައިވެއެވެ.

މިލްކިއްޔާތުގައި 120 މިލިއަން ޑޮލަރު ހުރިނަމަވެސް، އެންޖެލީނާ ޖޯލީ މާލީ ގޮންޖެހުންތަކަކާ ކުރިމަތިލަމުންދާ ކަމަށް ރިޕޯޓުތައް އަންނަނީ ބުނަމުންނެވެ. މުސާރަ ބޮޑު ފިލްމުތަކުގެ ރޯލުތައް މަދުވަމުންދިއުމާއި އެކު، އިތުރުވަމުންދާ ހަރަދުތަކުގެ ސަބަބުން ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.