ހުޅުމާލެ ކައިރިން ދެ ޑިންގީ ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެކަކު މޫދަށް ވެއްޓި ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ އެކްސިޑެންޓް ހިނގީ ހުޅުމާލެ ވެމްކޯ ޖެޓީއާ ދިމާލުން ކަމަށެވެ. އަދި މޫދަށް ވެއްޓި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތުން އެ އިދާރާ އިން ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް ބުންޏެވެ.

މި ހާދިސާގެ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.