އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ 13 ވަނަ އޭޝިއާ ނެޓްބޯލް ޗެމްޕިއަންޝިޕްގައި މިއަދު ރާއްޖެއިން ކުޅުނު މެޗުގައި ޖަޕާނުވެސް ބަލިކޮށްފިއެވެ.
މިފަހަރުގެ އޭޝިއާ ނެޓްބޯޅަ މުބާރާތުގައި ޖުމުލަ 14 ޓީމަކުން ވާދަކުރަމުންދާ އިރު، މުބާރާތް ފެށީ މިމަހުގެ 18 ވަނަ ދުވަހުއެވެ. މުބާރާތް ނިމޭނީ 27 ވަނަ ދުވަހުއެވެ. ދެ ގްރޫޕަކަށް ބަހާލައިގެން މެޗުތައް ކުރިއަށްދާ އިރު، ރާއްޖެ ހިމެނޭ ގްރޫޕް އޭގައި ރާއްޖޭގެ އިތުރުން ހިމެނެނީ ސައުދީ އާއި މެލޭޝިއާގެ އިތުރުން އިންޑިއާ، ސްރީ ލަންކާ، ފިލިޕީންސް އަދި ޖަޕާނެވެ. އަދި ގްރޫޕް ބީގައި ވާދަކުރަނީ ސިންގަޕޫރް، ހޮން ކޮންގް، ބުރުނާއީ، ތައިލެންޑްގެ އިތުރުން ޗައިނީސް ޓައިޕޭ އާއި އިރާގް އަދި ބަހުރެއިނެވެ.
ރާއްޖެއިން މިހާތަނަށް ސައުދީ އަރަބިއާގެ އިތުރުން އިންޑިއާ އަދި ޖަޕާނުވެސް ބަލިކޮށްފައިވާ އިރު، އެ ގްރޫޕުން ސެމީ ފައިނަލަށް ދާން އުންމީދު އެބައޮތެވެ. ދެން ރާއްޖެއަށް ކުޅެން ޖެހޭނީ ވަރުގަދަ ލަންކާއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެ، ރާއްޖެއަށް ކުރިއަށް ދިޔުމަށް މިހާރު ވަނީ މަގުފަހިވެފައެވެ. ލަންކާއަކީ ނެޓްބޯޅައިގައި އޭޝިއާގެވެސް އެންމެ ވަރުގަދަ ޓީމެވެ.
ކޮރަމަންގަލާ އިންޑޯ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި ރާއްޖެއިން ޖަޕާނު ބަލިކުރީ 62-24 ގެ ސްކޯއަކުންނެވެ. މެޗު އެއްކޮށް ރާއްޖެއިން ޑޮމިނޭޓް ކުރި އިރު، ފުރަތަމަ ކުއާޓާ ނިންމާލީ 11-9 އިން ކުރީގައި އޮވެގެންނެވެ. ދެވަނަ ކުއާޓާ ނިމި، ފުރަތަމަ ހާފު ނިމުނު އިރު، ރާއްޖެ 26-15 އިން ލީޑު ކޮށްފައިވާ އިރު، މެޗުގެ ތިންވަނަ ކުއާޓާ ނިމުނު އިރު، ރާއްޖެ އޮތީ 20-44 ގެ ތަފާތު ބޮޑު ލީޑެއްގައެވެ. އެ ލީޑު ހަތަރުވަނަ ކުއާޓާގައި އިތުރަށް ފުޅާކޮށް، ރާއްޖެއިން މެޗު ނެގީ ޔަގީންކަމާއެކުގައެވެ.
ނެޓްބޯޅަ
ނެޓްބޯޅަ
ނެޓްބޯޅަ
ނެޓްބޯޅަ