އިންޑޮނޭޝިއާގައި ރާޅާއެޅުންތެރިއަކަށް ހިބަރެއް ހަމަލާ ދީފިއެވެ.

އިންޑޮނޭޝިއާގެ ސުމަޓްރާގެ ހުޅަނގުން އޮންނަ މެންޓަވާއި އައިލެންޑުގައި ރާޅާ އެޅުމަށް މަޝްހޫރު ސަރަހައްދެއްގައި ރާޅާ އަޅަން އުޅުނު އިޓަލީ އަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ އެމީހާ އަށް ހިބަރު ހަމަލާ ދިނުމުން ފަރުވާ ދެނިކޮށް މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ގުއިލިއާ މަންފްރީނީ ނަމަކަށް ކިޔާ އެ އަންހެން މީހާ އަށް ވަގުތުން ފަރުވާ ދޭން ފެށި ކަމަށާއި އެމީހާ މަރުވެފައިވަނީ އެސަރަހައްދުގައި ހުންނަ މެޑިކަލް ސެންޓަރަށް ގެންދިޔަ ފަހުން ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ.

ހިބަރު ދިން ހަމަލާ އަމާޒުވެފައިވަނީ އެމީހާގެ މެޔަށް ކަމަށް މަންޒަރުދުއް ފަރާތްތަކާ ހަވާލާދީ އިންޑޮނޭޝިއާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވެއެވެ.

ހިބަރު ދިން ހަމަލާގައި އެމީހާ މަރުވެފައިވާ އިރު، މެންޓަވާއި އައިލެންޑުގައި މިއީ މިފަދަ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރު ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.