ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭންކް އޮފް މޯލްޑިވްސްގެ ސްޕޮންސާޝިޕްގެ ދަށުން ބޭއްވި، ބީއެމްއެލް ސްކޫލް ކުދިންގެ ފެތުމުގެ 20 ވަނަ މުބާރާތުގެ އެންމެ މޮޅު ފެތުންތެރިންގެ ގޮތުގައި ގާޒީ ސްކޫލުގެ އިބްރާހީމް ޔުއާން ޝަމީމާއި، ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ މަރިޔަމް އައިރާ ޝިރުނީލް، ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ޒުކައިން އަބްދުﷲ ހަނީފުގެ އިތުރުން ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލުގެ އަމްނާ ތަޒްކިޔާ މިރުޝާދު، ގިޔާސުއްދީން ސްކޫލުގެ އިޒްޔާން ނާޒިމާއި އަޔާނާ އަރީފު އަދި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ މުހައްމަދު ރިހާން ޝިހާމް ހޮވިއްޖެއެވެ.
މާލޭގެ 21 ސްކޫލަކުން 480 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވި ސްކޫލު ކުދިންގެ ފެތުމުގެ 20 ވަނަ މުބާރާތް ނިންމާލީ ހޮނިހިރު ދުވަހުގެ ރޭގައެވެ. ހުޅުމާލޭ ސްވިމިން ޕޫލުގައި ކުރިއަށްދިޔަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބީއެމްއެލްގެ ހެޑް އޮފް ކްރެޑިޓް އާމިނަތު ޝިބާ ޒާހިރާއި ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފް ކަސްޓަމާ ސާވިސް ފާތިމަތު މަލީހާ ޖަމާލެވެ.
މުބާރާތުގައި ޔުއާން އެންމެ މޮޅު ފެތުންތެރިޔާގެ މަގާމު ހޯދީ ޖޫނިއާ އޭ (12 އަހަރުން ދަށުގެ) ފިރިހެން ކުދިންގެ ބައިންނެވެ. މަރިޔަމް އައިރާ ޝިރުނީލް އެންމެ މޮޅު ފެތުންތެރިޔާގެ މަގާމު ހޯދީ ޖޫނިއާ އޭ (12 އަހަރުން ދަށުގެ) އަންހެން ކުދިންގެ ބައިންނެވެ.
ޒުކައިން އެންމެ މޮޅު ފެތުންތެރިޔާގެ މަގާމު ހޯދީ ޖޫނިއާ ބީ (14 އަހަރުން ދަށުގެ) ފިރިހެން ކުދިންގެ ބައިންނެވެ. ތަޒްކިޔާ އެންމެ މޮޅު ފެތުންތެރިޔާގެ މަގާމު ހޯދީ ޖޫނިއާ ބީ (14 އަހަރުން ދަށުގެ) އަންހެން ކުދިންގެ ބައިންނެވެ. އަދި އިޒްޔާން އެންމެ މޮޅު ފެތުންތެރިޔާގެ މަގާމު ހޯދީ ސީނިއާ އޭ (16 އަހަރުން ދަށުގެ) ފިރިހެން ކުދިންގެ ބައިންނެވެ. އަޔާނާ އެންމެ މޮޅު ފެތުންތެރިޔާގެ މަގާމު ހޯދީ ސީނިއާ އޭ (16 އަހަރުން ދަށުގެ) އަންހެން ކުދިންގެ ބައިންނެވެ. މީގެ އިތުރުން ރިހާން އެންމެ މޮޅު ފެތުންތެރިޔާގެ މަގާމު ހޯދީ ސީނިއާ ބީ (18 އަހަރުން ދަށުގެ) ފިރިހެން ކުދިންގެ ބައިންނެވެ.
ބީއެމްއެލް ސްކޫލު ކުދިންގެ ފެތުމުގެ 20 ވަނަ މުބާރާތުގެ އެންމެ މޮޅު ސްކޫލަކަށް ހޮވުނީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލެވެ. މުބާރާތުގައި ފެތުންތެރިން ވާދަކުރި ގިނަ އުމުރުފުރާތަކުން އެއްވަނަ ހޯދައި ޖޫނިއާ ގުރޫޕް އަދި ސީނިއާ ގުރޫޕުން އެންމެ މޮޅު ސްކޫލަކަށް ގިޔާސުއްދީން ހޮވުނު އިރު، ޖޫނިއަރ ގުރޫޕް އަދި ސީނިއާ ގުރޫޕުން ދެވަނަ ހޯދައި މުބާރާތުގެ ދެވަނަ ސްކޫލުގެ މަގާމު ހޯދާފައިވަނީ އިސްކަންދަރު ސްކޫލެވެ.
މުބާރާތުގެ ޖޫނިއާ އޭ ގުރޫޕުގެ އަންހެން ކުދިންގެ ބައިން އެއްވަނަ ސްކޫލް އަދި ސީނިއާ ގުރޫޕުގެ އަންހެން ކުދިންނާ ފިރިހެން ކުދިންގެ އެއްވަނަ ހޯދީވެސް ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލެވެ. ޖޫނިއާ އޭގެ ފިރިހެން ކުދިންގެ އެއްވަނަ ސްކޫލަކަށް ހޮވުނީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ. ޖޫނިއާ އޭގެ އަންހެން ކުދިންގެ ދެވަނަ ސްކޫލަކަށް ހޮވުނީ އިސްކަންދަރު ސްކޫލެވެ. ޖޫނިއާ އޭގެ އަންހެން ކުދިންގެ ތިންވަނަ ސްކޫލަކަށް ހޮވުނީ މުހުޔިއްދީން ސްކޫލެވެ. ޖޫނިއާ އޭގެ ފިރިހެން ކުދިންގެ ދެވަނަ ސްކޫލަކަށް ގާޒީ ސްކޫލު ހޮވުނުއިރު ޖޫނިއާ އޭގެ ފިރިހެން ކުދިންގެ ތިންވަނަ ސްކޫލަކަށް ހޮވުނީ މަޖީދިއްޔާ ސްކޫލެވެ.
މުބާރާތުގެ ޖޫނިއާ ބީގެ ފިރިހެން ކުދިންގެ އެއްވަނަ ސްކޫލަކަށް ހޮވުނީ ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލެވެ. ޖޫނިއާ ބީގެ އަންހެން ކުދިންގެ އެއްވަނަ ސްކޫލަކަށް ހޮވުނީ ޖަމާލުއްދީން ސްކޫލެވެ. ޖޫނިއާ ބީގެ ފިރިހެން ކުދިންގެ ދެވަނަ ސްކޫލަކަށް ހޮވުނީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލެވެ. ޖޫނިއާ ބީގެ އަންހެން ކުދިންގެ ދެވަނަ ސްކޫލަކަށް ހޮވުނީ ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލެވެ. ޖޫނިއާ ބީގެ ފިރިހެން ކުދިންގެ ތިންވަނަ ސްކޫލަކަށް އިސްކަންދަރު ސްކޫލު ހޮވުނުއިރު އަންހެންކުދިންގެ ތިންވަނަ ސްކޫލަކަށް ހޮވުނީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލެވެ.
މުބާރާތުގެ ސީނިއާ ގުރޫޕުގެ ފިރިހެން ދެވަނަ ސްކޫލަކަށް އިސްކަންދަރު ސްކޫލު ހޮވުނުއިރު އަންހެން ދެވަނަ ސްކޫލަކަށް ހޮވުނީ ކަލާފާނު ސްކޫލެވެ. އަދި ފިރިހެން ތިންވަނަ ސްކޫލަކަށް ހޮވުނީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ. އަންހެން ތިންވަނަ ސްކޫލަކަށް ހޮވުނީ އިސްކަންދަރު ސްކޫލެވެ.
އެކިއެކި ސްކޫލްތަކަށް ތަށްޓާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ބީއެމްއެލްގެ ޑިރެކްޓާ އޮފް ކަސްޓަމާ ސާވިސް ގުލްނާޒް މާހިރާއި ހެޑް އޮފް ބްރާންޗަސް އެންޑް ސާވިސް ސެންޓަރ ހުސައިން ރަޝީދެވެ.
މިފަހަރު ފެތުމުގެ މުބާރާތުގައި މާލޭގެ 21 ސްކޫލަކުން ތަފާތުގެ ފަސް އުމުރުފުރާއަކުން އެލީޓް އެތުލީޓް ވިތު ޑިސްއެބިލިޓީ (އީއޭޑީ) ގުރޫޕް ހިމެނޭހެން އިވެންޓްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
ސްވިމިން
ސްވިމިން
ސްވިމިން
ސްވިމިން