ވ. އަތޮޅުގެ ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެއެވެ.
ފުލުހުން ބުނީ، އެ ފަތުރުވެރިޔާ ގެނބިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު 11:29 ގައި ކަމަށެވެ.
ފުލުހުން ބުނީ އެ ފަތުރުވެރިޔާ ފެލިދޫގައި ހުންނަ ވ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
މި ހާދިސާގައި މަރުވީ، ބެލަރޫސްއަށް ނިސްބަތްވާ 63 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ މި މަރާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު