ޖެނިފަރ ގާނަރ އޭނާގެ ދިގު މުއްދަތުގެ ލޯބިވެރިޔާ ޖޯން މިލަރއާއެކު ޕެރިސްގައި ބޮޑު ކައިވެނިހަފުލާއެއް ބޭއްވުމަށް ރާވަމުން އަންނަ ކަމަށް އިންޓަޗް މަޖައްލާއިން ރިޕޯޓުކޮށްފިއެވެ.
މި ހަބަރު އައިސްފައި މިވަނީ ޖެނިފަރ ގާނަރގެ ކުރީގެ ފިރިމީހާ ބެން އެފްލެކް އާއި އޭނާގެ މިހާރުގެ އަންހެނުން ޖެނިފަރ ލޯޕެޒްގެ ދެ އަހަރުގެ ކައިވެނި ރޫޅާލުމުގެ ހަބަރުލިބުނުތާ މާގިނަދުވަސްތަކެއް ނުވަނީހެވެ. ޖެނިފަރ ގާނަރ އާއި ބެންގެ ގުޅުން އަލުން އާރާސްތުނުވެދާނެ ކަމުގެ އަޑުތައް ފެތުރެމުންދިޔަ ނަމަވެސް، އޭނާގެ ދިރިއުޅުމުގައި ކުރިއަށް ދާން ނިންމާފައިވާކަން އަންނަނީ ދައްކައިދެމުންނެވެ. މި އެކްޓްރެސް މިހާރު އަންނަނީ ކައިވެނީގެ ހެދުމެއް ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށާއި، މިކަމަށްޓަކައި އެކި ތަންތަނަށް ދަތުރުކުރަމުން އަންނަ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ޖެނިފަރ އަދި ޖޯންގެ ގުޅުން 2018 އިން ފެށިގެން މިއަދާހަމައަށް މެދުކެނޑުންތަކާއެކު ކުރިއަށް ގޮސްފައިވީ ނަމަވެސް، ފަހުގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ މަދު މަސްތަކެއްގެ ތެރޭގައި އެ ދެމީހުންގެ ދިރިއުޅުމަށް ސާބިތުކަން ލިބި، ދެމީހުން ކައިވެންޏަށް ތައްޔާރުވެފައި ވެއެވެ.
ރިޕޯޓުތަކުގައިވާ ގޮތުން ޖެނިފަރ ވަނީ ޓަރކްސް އެންޑް ކައިކޯސްގައި ކުއްލިއަކަށް ކުރަން ރޭވި ކައިވެނި ދޫކޮށްލައި، ޕެރިސްގައި ބޮޑު ކައިވެނި ހަފުލާއެއް ބޭއްވުމަށް ނިންމާފައެވެ. މިއީ 2005 ވަނަ އަހަރު ބެން އެފްލެކްއާއެކު އޭނާ ކުރި ކައިވެންޏާ ވަރަށް ތަފާތު ކަމެކެވެ. އެ ކައިވެނީގައި ބައިވެރިވެފައިވަނީ މަދު އަދަދެއްގެ ގާތް ރައްޓެހީންނެވެ. މިފަހަރު، 52 އަހަރުގެ މި އެކްޓްރެސް އަންނަނީ ބޮޑު ހަފުލާއަކަށް ތައްޔާރުވަމުންނެވެ. އަދި އޭނާގެ ބައިވެރިޔާ ޖޯން ވެސް މިކަމަށް ފުރިހަމައަށް ތާއީދުކުރެއެވެ.
"13 ގޯއިންގ އޮން 30" ފިލްމުގެ ތަރި ޖެނިފަރ ވަނީ ވަރަށްފަހުން ޑިއޯގެ ޝޯއަކަށް ޕެރިހަ ށްގޮސްފައެވެ. އިންޓަޗް މަޖައްލާގެ ރިޕޯޓްތައް ބުނާގޮތުގައި، އެ ދަތުރުގައި އޭނާގެ ހުވަފެނުގެ ކައިވެނި ހެދުން ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށް ކޮށްފައިވެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން