ބޫޓާންގައި ކުރިއަށްދާ ޓީ20 ކުއަޑްރަންގިއުލާ ކްރިކެޓް މުބާރާތުގައި ރާއްޖެއިން ކުޅުނު ދެވަނަ މެޗުގައި ބޫޓާން އަތުން މިއަދު ބަލިވެއްޖެއެވެ.

ބޫޓާނުގެ ފުރަތަމަ ކްރިކެޓް ސްޓޭޑިއަމް ހުޅުވަން ކުޅޭ ޓީ20 ކުއަޑްރަންގިއުލާ ކްރިކެޓް މުބާރާތުގައި ރާއްޖޭގެ އިތުރުން އިންޑޮނޭޝިއާއާއި ބޫޓާންގެ އިތުރުން ތައިލެންޑް ވާދަކުރެއެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި އިންޑޮނޭޝިއާ ބަލިކޮށްފައި އޮތް ނަމަވެސް، މިއަދު ބޫޓާން އަތުން ބަލިވީ ހަތަރު ވިކެޓުންނެވެ.

މެޗުގެ ޓޮސް ދިމާވުމުން ބޫޓާނުން ގަސްދުކުރީ އުކާށެވެ. ރާއްޖެއިން ކުޅެން އަރައި، 20 އޯވަރު ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 112 ލަނޑެވެ. ރާއްޖޭގެ އަޒްޔާން ފަރުހަތު 55 ބޯޅައިން 58 ލަނޑު ހަދައި ހާފް ސެންޗަރީ ފުރިހަމަކުރި އިރު، މުހައްމަދު އައްޒާމް ވަނީ 26 ބޯޅައިން 25 ލަނޑު ހަދައިފައެވެ.

ބޫޓާނުން ކުޅެން އަރައި، 18 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 113 ލަނޑު ހަމަކޮށް، ރާއްޖެ ބަލިކުރިއެވެ. ބޫޓާނަށް އެންމެ ރަނގަޅަށް ކުޅުނީ 34 ބޯޅައިން 49 ލަނޑު ހެދި ތިންލޭ ޖަމްޓްޝޯއެވެ.

މުބާރާތުގައި ރާއްޖޭން ކުޅޭ ތިންވަނަ މެޗުގައި، އަންގާރަ ދުވަހު ކުޅޭނީ ތައިލެންޑާ ދެކޮޅަށެވެ.