ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޭންޑްބޯލް އެސޯސިއޭޝަން، ހޭންޑްބޯލް މޯލްޑިވްސްގެ ޖެނެރެލް ސެކްރެޓަރީ އަބްދުﷲ އަންވަރު މަގާމުން ވަކިކޮށްފިއެވެ.
"ވަން ސްޕޯޓްސް"އަށް އެނގިފައިވާ ގޮތުގައި އަންވަރު ވަކިކުރީ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައެއްގައި ތުހުމަތު ކުރެވިގެންނެވެ. ހޭންޑްބޯޅައިގެ އިސް އޮފިޝަލަކު "ވަން ސްޕޯޓްސް"އަށް ވިދާޅުވީ ފިޔަވަޅު އެޅީ އެއީ އަވަސް ފިޔަވަޅެއް މަޖުބޫރު ހާލަތަކަށް ވާތީ ކަމަށާއި، މައްސަލައަކީ އިދާރީ ގޮތުން ހިޔާނާތްތެރިވި މައްސަލައެއް ކަމަށެވެ. އަދި މައްސަލައިގައި ފޯޖު ކުރުމުގެ މައްސަލަތަކެއްވެސް ހިމެނޭ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ހޭންޑްބޯލް އެސޯސިއޭޝަނުން ޖީއެސްއާ ގުޅޭ މައްސަލަ އެތެރެއިން ދަނީ ތަހުގީގުކުރަމުންނެވެ. އެގޮތުން ހޭންޑްބޯލްގެ ޑިސިޕްލިނަރީ ކޮމިޓީން އެ މައްސަލަ ދަނީ ތަހުގީގުކުރަމުންނެވެ.
ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ)، މިއަދު "ވަން ސްޕޯޓްސް"އަށް ވިދާޅުވީ މައްސަލައިގެ ތަފްސީލު، މައްސަލަ ބަލަމުންދާވަރަކުން ހާމަކުރައްވާނެ ކަމަށާއި، މިވަގުތު ހަމައެކަނި ވަކިކުރިކަން ކަށަވަރު ކޮށްދެއްވާނެ ކަމަށެވެ.
ހޭންޑްބޯލް
ހޭންޑްބޯލް
ހޭންޑްބޯލް
ހޭންޑްބޯލް