އައްޑޫ ސިޓީ ހިތަދޫގެ ފިހާރައަކަށް ވަދެ ސޭޓަށް ބިރު ދައްކައި ފޭރުނު މައްސަލައެއްގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން އެ ފިހާރައަށް ވަދެ ސޭޓަށް ބިރު ދެއްކުމުގައި ދެ މީހަކު ބައިވެރިވެއެވެ. އެކަކު ބިރު ދައްކާފައިވަނީ ދަގަނޑު ބުރިއެއް ފަދަ އެއްޗަކުންނެވެ.
ފުލުހުން މިރޭ ބުނީ އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 31 އަހަރުގެ ފިރިހެނެކެވެ.
މިދިޔަ ހޯމަ ދުވަހު ހުށަހެޅި މައްސަލައާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން އިއްޔެ ވަނީ 40 އަހަރުގެ ދިވެހި ފިރިހެނަކު ވެސް ހައްޔަރުކޮށްފައެވެ. އެމީހާގެ ބަންދަށް ކޯޓުން ވަނީ 30 ދުވަސް ޖަހައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު