މިމަހުގެ ނިޔަލަށް ކުރިއަށްގެންދާ ދިރާގުގެ "ވިން އަ ސްޕީޑްބޯޓް" ޕްރޮމޯޝަންގައި ބައިވެރެގެން ހައި ސްޕިޑް ލޯންޗެއް ހޯދުމުގެ ފުރުސަތު ދެގުނަކޮށްލެވޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ދިރާގުގެ 36 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ފެށި މި ޕްރޮމޯޝަނާއެކު 15 ޑިސެންބަރު 2024ގެ ކުރިން ދިރާގު ޕްރީޕެއިޑް ޕްލޭންތަކަށް 400 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ރީޗާޖުކުރާ ކަސްޓަމަރުންނާއި ޕޯސްޓްޕެއިޑް 400 އަދި ފައިބާ ބްރޯޑްބޭންޑް 30އެމް އަށްވުރެ މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބް ކުރާ ފަރާތްތަކަށް މި ޕްރޮމޯޝަންގެ އަލް ޝާލީ މެރިން، މަޖެލަން 32 ބޯޓަކާއި ޔަމަހާ 175 ހޯސްޕަވަރުގެ ދެ އައުޓްބޯޑް އިންޖީނު ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
ދިރާގުން ބުނީ މި ޕްރޮމޯޝަންގައި ދިރާގުގެ ހިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ވެސް ހާއްސަ ޕޯޓަލެއް https://winaboat.dhiraagu.com.mv/ މެދުވެރިކޮށް ބައިވެރިވެވޭނެ ކަމަށެވެ. އަދި ކޮންމެ ކަސްޓަމަރަކަށް ވެސް އެ ފަރާތްތަކުގެ ޝަރުތު ފުރިހަމަވާ ހުރިހާ ނަންބަރުތަކެއް ލުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ބުންޏެވެ.
އަދި މިމަހުގެ 31 ގެ ކުރިން މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކަށް މި ހައި ސްޕީޑް ލޯންޗު ހޯދުމުގެ ފުރުސަތު ދެގުނަ ކޮށްލެވޭނެ ކަމަށްވެސް ދިރާގުން ބުންޏެވެ.
މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު https://bit.ly/4d1WWvY މި ލިންކުން ލިބޭނެއެވެ.
ޚަބަރު
ޚަބަރު