ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ ކްލާސްރޫމެއްގައި ކުދީން ކިޔަވަން ތިއްބާ ފަންކާއެއް ވެއްޓިއްޖެ އެވެ.
އިއްޔެ ހިނގި މި ހާދިސާއާ ގުޅޭ ގޮތުން، އެ ސްކޫލުގެ ބެލެނިވެރިޔަކު "ވަން" އަށް މިއަދު ބުނީ، ފަންކާ ވެއްޓުނީ އެ ސްކޫލުގެ ގްރޭޑް ހަތަރެއްގެ ކްލާސްރޫމުގައި ކަމަށެވެ. ފަންކާ ވެއްޓުނީ ކުދިން ތިބި މޭޒު މައްޗަށް ކަމަށާއި ނަމަވެސް ކުއްޖަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން އެޑިއުކޭޝަންގެ ބަހެއް ހޯދުމަށް، "ވަން" އިން އެ މިނިސްޓްރީގެ މީޑިއާ އޮފިސަރާއި މިނިސްޓަރަށް ގުޅައި މެސެޖުކުރުމުންވެސް ޖަވާބެއް ދެއްވާފައި ނުވާތީ، މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ދަރުމަވަންތަ ސްކޫލު ބޭނުންކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.
މީގެ ކުރީން ވަނީ އެ ސްކޫލުގެ އާ އިމާރާތުގެ ކުޑަދޮރުތަކުގައި ޖަހާފައިވާ ބިއްލޫރިތައް ތަޅައިގެންދާ މައްސަލައެއްވެސް ފެންމަތިވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު