ހުޅުމާލެ ދެވަނަ ފިޔަވަހިން ދިރިއުޅުމަށް އިތުރު 18 ބިމެއް ބީލަމުގެ އުސޫލުން ވިއްކަން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހުޅުވާލައިފިއެވެ.
އެޗްޑީސީ އިން ވަނީ މިދިޔަ މެއި މަހުވެސް 13 ބިމެއް ބިޑް ޕޯޓަލް މެދުވެރިކޮށް ގަތުމަށް ހުޅުވާލައިފައެވެ. އެ ލިސްޓަށް އިތުރު 18 ބިމެއް އިތުރުކޮށް، އެޗްޑީސީން މި މަހުގެ ދިހަ ވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނީ، 18 ބިމުގެ ތެރެއިން 16 ބިން ދޫކުރާނީ ބީޗު ސައިޑުން ކަމަށާއި ބާކީ ބިންތައް ދޫކުރާނީ ބީޗު ފްރަންޓުން ކަމަށެވެ.
އެޗްޑީސީގެ އިއުލާނުގައިވާ ގޮތުން އެ ބިންތަކުގެ ތެރޭގައިި ހިމެނެނީ 1،316 އަކަފޫޓުގެ 15 ބިމަކާއި 1،454 އަކަފޫޓުގެ ބިމަކާއި 1،261 އަކަފޫޓުގެ ބިމެއްގެ އިތުރުން 1،584 އަކަފޫޓުގެ ބިމެކެވެ.
އެޗްޑީސީން ބުނީ، އެ ބިންތަކުގެ ތެރެއިން ބީޗް ސައިޑުން ބީލަން ފެށޭ އަގަކީ އަކަ ފޫޓަކަށް 4،000 ރުފިޔާ ކަމަށާއި ބީޗު ފްރަންޓުން ވިއްކާ ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަ ފޫޓަކަށް 4،500 ކަމަށެވެ. އެ ބީލަންތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ދިވެހިންނާއި 100 ޕަސަންޓު ދިވެހި ހިއްސާ އޮންނަ ކުންފުނިތަކަށް ކަމަށްވެސް ބުނެފައިވެއެވެ.
އެޗްޑީސީން ބުނީ ބީލަން ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގެ އުސޫލުން ބިން ގަތުމަށް އެދި ހުށަހަޅާނީ އެޗްޑީސީގެ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އަދި މިއަދުން ފެށިގެން ޕޯޓަލްގައި ރަޖިސްޓްރީ ކޮށްގެން ބީލަން ހުށަހެޅޭނެ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު