ތޫފާން މިލްޓަންގައި މަރުވި މީހުންގެ އަދަދު 16 އަށް އަރައިފިއެވެ.
މިދިޔަ ހަފުތާގެ ބުދަ ދުވަހު އެމެރިކާގެ ފްލޮރިޑާއަށް އަރާފައިވާ ތޫފާން މިލްޓަންގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް އެ ސްޓޭޓްގެ އެކި ހިސާބުތަކަށް ވެފައިވާއިރު ތޫފާން މިހާރު ވަނީ ފްލޮރިޑާ ދޫކޮށް އެޓްލާންޓިކް ކަނޑަށް ވަނީ ދަތުރުކޮށްފައެވެ.
ކެޓަގަރީ 3 ގެ ތޫފާނަކަށް މިލްޓަން ބަދަލުވެފައިވާއިރު ފްލޮރިޑާއަށް އެ ތޫފާން އެރިއިރު ހުރީ ކެޓަގަރީ 4 ގައެވެ. އޮފިޝަލުން ވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ތޫފާނުގެ ބާރު ދަށްވަމުން ދާނެ ކަމަށް ބުނެފައެވެ.
މި ތޫފާނުގައި މަރުވި މީހުންގެ އަދަދު 16 އަށް އަރާފައިވާއިރު އޭގެ ތެރެއިން ފަސް މީހުން މަރުވެފައިވަނީ ނަގޫރޯޅީގެ ސަބަބުން ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
ތޫފާނަށްފަހު ފްލޮރިޑާގެ އެކި ސަރަހައްދުތަކަށް ލިބިފައިހުރި ގެއްލުންތައް ބެލުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ފަށާފައިވާއިރު ރެސްކިއު ޓީމުތަކުން އަންނަނީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ތޫފާން އެރުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުގެ މަގުތައް ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު އެ ސަރަހައްދު ތަކަށް ރެސްކިއު ޓީމުތައް ދަތުރުކުރުމުގައި ބޮޑެތި ދަތިތަކެއް ހުރިކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ