މިއަހަރުގެ މިހާތަނަށް އޮޅުވާލައިގެން ވައިގެ މަގުން ރާއްޖެ އެތެރެވާން މަސައްކަތްކުރި 45 މީހަކު ހުއްޓުވާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން މިއަދު އާންމުކުރި "ބޯޑާ އިންޓަސެޕްޝަން" ތަފާސްހިސާބުގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި، ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށް އިމިގްރޭޝަނުން ވަނީ އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތް ކުރި އަށް ބިދޭސީއަކު ހުއްޓުވައިފައެވެ. ތަފާސްހިސާބުގައިވާ ގޮތުން މިއަހަރުގެ ދެވަނަ ކުއާޓާ، އެޕްރީލްއިން ފެށިގެން ޖޫން މަހުގެ ނިޔަލަށް އިމިގްރޭޝަނުން ވަނީ އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން އުޅުނު 17 ބިދޭސީއަކު ހުއްޓުވައިފައެވެ.
އަދި ތިންވަނަ ކުއާޓާ ކަމަށްވާ، ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރުގެ މަހުގެ ނިޔަލަށް 20 ބިދޭސީއަކު ހުއްޓުވާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ފަސް ބިދޭސީއަކު ހުއްޓުވާފައިވާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އޮޅުވާލައިގެން ރާއްޖެއަށް ބިދޭސީން އެތެރެވާން މަސައްކަތްކުރާ އިރު، އެކަން ކުރަނީ ސައްހަ ނޫން ޕާސްޕޯޓް، ސައްހަ ނޫން އައިޑެންޓިފިކޭޝަން ކާޑު، ސައްހަ ނޫން ބަޔޯ ޕޭޖު، ފެންޓަސީ ޕާސްޕޯޓް (ސައްހަނޫން ގައުމުތައް/ފޭކު ގައުމުތަށް ނަމުގައި ހަދައިފައިވާ ޕާސްޕޯޓް) އަދި ޝަހުޝު އޮޅުވާލައިގެން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މީގެ އިތުރުން ސައްހަ ނޫން ވިސާ އާއި ސައްހަ ނޫން ސްޓޭމްޕު ބޭނުން ކޮށްގެން ވެސް ރާއްޖެއަށް އެތެރެވާން މަސައްކަތްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު