2019 ވަނަ އަހަރު ބޮން ގޮއްވި ހާދިސާ އަލުން ތަހުގީގުކުރުމަށް ލަންކާއިން ނިންމައިފިއެވެ.
ލަންކާގެ އާ ސަރުކާރުން އަންގާރަ ދުވަހު ވަނީ އެ ގައުމުގައި 2019 ވަނަ އަހަރު ދިން އީސްޓާ އެޓޭކް ހާދިސާގެ އާ ތަހުގީގެއް ފެށުމަށް ނިންމާފައެވެ.
ލަންކާގައި ހިނގައިދިޔަ ދާހިލީ ހަނގުރާމައިގެ ފަހުން އެ ގައުމުގައި ހިނގައިދިޔަ އެންމެ ހިތާމަވެރި ހާދިސާގެ ތަހުގީގު ކުރުމަށް ވޭތުދެދިޔަ ސަރުކާރުތަކުން ނުކުޅެދިފައިވާ ކަމަށާއި އެކަމުގެ ފަހަތުގައި ތިބި މީހުން ހޯދިފައި ނުވުމަކީ އެކަމުގައި ކޮންމެވެސް ބައެއްގެ އިހުމާލު އޮތްކަން އެނގޭ ކަމެއް ކަމަށް އޮފިޝަލުން ބުނެއެވެ.
ހާދިސާއަށްފަހު އޭރުގެ ސަރުކާރުން ވަނީ ލަންކާގައި އެ ބޮން ގޮއްވުމުގެ ހަމަލާތައް ދީފައިވަނީ ލަންކާގައި ހަރަކާތްތެރިވާ ޖިހާދީ ގުރޫޕަކުން ކަމަށް ތުހުމަތުކޮށްފައެވެ.
ލަންކާގެ އާ ރައީސް އަނޫރާ ޑިސަނެޔަކަ ވަނީ ބޮން ގޮއްވުމުގެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކާ ބައްދަލުކުރައްވައި އެމީހުންނަށް އިންސާފު ހޯއްދަވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
279 މީހުން މަރުވި އެ ގޮއްވުންތަކުގައި ލަންކާގެ އެކި ސަރަހައްދުތަކުގައި ވަނީ އެ ދުވަހުގެ ހެނދުނުގެ ވަގުތުތަކުގައި ޖާނުންފިދާއުވެގެން ބޮން ތަކެއް ގޮއްވާލާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ