ނޭޕާލްގެ ފަރުބަދައަކަށް އެރި ރަޝިޔާގެ ފަސް މީހަކު މަރުވެފައިއޮއްވާ ފެނިއްޖެއެވެ.
ނޭޕާލްގެ މައުންޓް ދައުލަގިރީއަށް އެރި އެ ފަސް މީހުން މަރުވެފައިވާ އޮއްވާ ފެނިފައިވަނީ އެ ފަސް މީހުން ގެއްލުމުގެ ސަބަބުން ހޯދަމުންދަނިކޮށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ނޭޕާލްގައި ހުންނަ ރަޝިޔާގެ އެމްބަސީއާ ހަވާލާދީ ނޫސްތަކުން ވަނީ އެމީހުން މަރުވެފައިވަނީ ފަރުބަދަމަތިން ވެއްޓިގެން ކަމަށް ރިޕޯޓުކޮށްފައެވެ.
މިހާތަނަށް ބެލިބެލުމުން އެމީހުން ފަރުބަދައަށް އަރަމުން ދިޔައީ ގްރޫޕަކާ އެކު ކަމަށާއި އެ ގުރޫޕުގެ މީހުންނާ ގުޅިފައިވާކަމަށް އޮފިޝަލުން ބުނެއެވެ. އަދި އެމީހުންގެ ހަށިތައް ނެގުމަށް ކުރަން ޖެހޭ މަސައްކަތްތައްވެސް ކުރަމުން އަންނަކަމަށް ރިޕޯޓުތައް ބުނެއެވެ.
ނޭޕާލްގެ މައުންޓް ދައުލަގިރީ އަކީ ދުނިޔޭގައި ހަތްވަނައަށް އެންމެ އުސް ފަރުބަދައެވެ. ކަނޑުގެ ލެވެލް އިން 8،167 މީޓަރު އުސް އެ ފަރުބަދަ ހުންނަނީ ނޭޕާލްގެ ވެރިރަށުގައެވެ.
ދައުލަގިރީ ފަރުބަދަ ހިމެނިފައިވަނީ އަރަން އުނދަގޫ ފަރުބަދައެއްގެ ގޮތުގައެވެ. އެފަރުބަދައަށް 2022 ވަނަ އަހަރު އަރާފައިވަނީ 647 މީހުން ކަމަށް ރެކޯޑުތަކުން ދައްކައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ