އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދައުވަތު ދެއްވައިފިއެވެ.

ރައީސް މިކަން އިއުލާނުކުރެއްވީ މިހާރު އެ މަނިކުފާނު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުގެ ތެރެއިން މޯދީއާ ބައްދަލުކުރެއްވުމަށްފަހު ދެ ބޭފުޅުން އެކުގައި ދެއްވި ޕްރެސް ސްޓޭޓްމަންޓެއްގައެވެ.

ރައީސް ވިދާޅުވީ، ބޮޑުވަޒީރު މޯދީއަށް ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވީ، ރާއްޖެ އާއި އިންޑިއާއާ ދެމެދު ޑިޕޮލޮމެޓިކް ގުޅުން ގާއިމްކުރިތާ 60 އަހަރު ފުރޭ މުނާސަބަތުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.

ރައީސްގެ ދައުވަތު ގަބޫލުކުރައްވައިފިނަމަ އަންނަ އަހަރުގެ ދަތުރު ވެގެންދާނީ ބޮޑުވަޒީރުކަމުގައި މޯދީ ރާއްޖެއަށް ކުރައްވާ ތިން ވަނަ ދަތުރަށެވެ.

އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރެއްވި ރަސްމިއްޔާތަށް އަދި 2022 ގައި ފުރަމާނަ ދަތުރެއްގައިވެސް މޯދީ މާލެ ވަޑައިގެންނެވިއެވެ.