ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަން ގާއިމުކޮށްފިއެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ބުނީ އެއީ އިންޑަސްޓްރިއަލް ރިލޭޝަންސްގެ ގާނޫނުގެ ދަށުން ގާއިމުކުރި ޑިވިޝަނެއް ކަމަށެވެ.
މި ޑިވިޝަނަކީ އިންޑަސްޓްރިއަލްތަކާއި ޔޫނިއަންތަކުގެ ވަޒީފާއާބެހޭ މައްސަލަތައް ބެލުމުގެ ބާރު އޮންނަ ޑިވިޝަނެކެވެ.
އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަން އެކުލެވިގެންވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ދެ މެމްބަރަކާއި މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތައް ތަމްސީލުކުރަން މިނިސްޓަރު އައްޔަން ކުރައްވާ 12 މެންބަރުންނާއެކު ޖުމުލަ 14 މެންބަރުންގެ މައްޗަށެވެ.
މިނިސްޓަރު އައްޔަން ކުރައްވާ މެންބަރުންގެ މުއްދަތަކީ އައްޔަންކުރާ ތާރީހުން ފެށިގެން ތިން އަހަރު ދުވަހެވެ. އަދި މިނިސްޓަރު އައްޔަން ކުރައްވާ އެއްވެސް މެމްބަރަކަށް ޖެހިޖެހިގެން ދެ ދައުރު ޕެނަލްގެ މެންބަރެއްގެ ގޮތުގައި ނުހުރެވޭނެއެވެ.
ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނަށް ހުށަހަޅާ މައްސަލަތައް ބެލުމުގައި އަމަލުކުރާނީ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތަކަށެވެ. އަދި އެ ޑިވިޝަނުން ނިންމާ މައްސަލަތައް އިސްތިއުނާފުކުރުމުގެ ހައްގު މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށް ވެސް އޮވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު