ނުރައްކާތެރިކޮށް ބާރަށް ލޯންޗުތަކެއް ދުއްވި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ބުނީ އެ މައްސަލަ ސޯޝަލް މީޑިއާ އިން އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެ ވީޑިއޯގައި ހިމެނޭ ލޯންޗުތަކަކީ މި އަހަރުގެ އޮގަސްޓުގެ 13 ވަނަ ދުވަހު އއ. އަތޮޅަށް ދަތުރުކުރި ލޯންޗުތަކެއް ކަމަށް ފުލުހުން ހޯދި ހޯދުމުން އެނގިފައިވާ ކަމަށްވެސް ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާއިރު، މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު